18 ރަށެއްގެ ސްކޫލްގެ މަސައްކަތް ބަޔަކާއި ހަވާލުކޮށްފި

އަހްމަދު އީޒާން | 3 ގަޑިއިރު ކުރިން - 13:30
ބައެއް ސްކޫލްތަކުގެ މަސައްކަތް އާރުޑީސީއާ ހަވާލުކޮށް، އެއްބަސްވުން ބަދަލުކުރަނީ / ފޮޓޯ: އާރުޑީސީ
ބައެއް ސްކޫލްތަކުގެ މަސައްކަތް އާރުޑީސީއާ ހަވާލުކޮށް، އެއްބަސްވުން ބަދަލުކުރަނީ / ފޮޓޯ: އާރުޑީސީ
ޚުލާސާ

އެޑިއުކޭޝަން މިނިސްޓްރީން ބޭއްވި ރަސްމިއްޔާތެއްގައި އެ މަސައްކަތްތައް ހަވާލުކުރީ އާރްޑީސީ އާއި އެމްޓީސީސީ އަދި ފެނަކަ ކޯޕަރޭޝަނާ.

ރާއްޖޭގެ 18 ރަށެއްގެ ސްކޫލުތަކުގައި ނުނިމި ހުރި މަސައްކަތްތައް ނިންމުމަށް ސަރުކާރުގެ ތިން ކުންފުންޏަކާއި އިއްޔެ ހަވާލުކޮށްފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބޭއްވި ރަސްމިއްޔާތެއްގައި އެ މަސައްކަތްތައް ހަވާލުކުރީ އާރްޑީސީ އާއި އެމްޓީސީސީ އަދި ފެނަކަ ކޯޕަރޭޝަނާއެވެ.

މި މަސައްކަތްތަކުގެ އެއްބަސްވުމުގައި އެޑިޔުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއުއެވެ. އަދި ކުންފުނިތަކުގެ ފަރާތުން ސޮއިކުރެއްވީ އެ ތިން ކުންފުނީގެ މެނޭޖިން ޑިރެކްޓަރުންނެވެ.

އެމްޓީސީސީއާ ހަވާލުކުރި ހއ. އުލިގަމާއި ރ. އުނގޫފާރާއި ކ. މާފުށި އަދި ވ. ފެލިދޫ ސްކޫލްގެ މަސައްކަތެވެ. އަދި އާރްޑީސީއާ ހަވާލުކުރީ ހއ. ފިއްލަދޫ އަދި ރ. ހުޅުދުއްފާރު ސްކޫލްގެ މަސައްކަތެވެ.

ފެނަކައާއި ވަނީ 12 ސްކޫލެއްގެ މަސައްކަތް ހަވާލުކޮށްފަ އެވެ.

ރާއްޖޭގެ ހުރިހާ ރަށެއްގައި ހުއްޓިފައިވާ މަޝްރޫއުތައް މި އަހަރު އަލުން ފެށުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%