ތިނަދޫ ސިޓީ ކައުންސިލްގެ އައު އޮފީސް އިމާރާތުގެ ފައުންޑޭޝަން އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ތިނަދޫ ސިޓީ ކައުންސިލުން އިޢުލާންކޮށްފިއެވެ. މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ޓަކައި ރަޖިސްޓަރީކޮށް، މަޢުލޫމާތު ސާފުކުރުމަށްފަހު ކައުންސިލް އިދާރާއަށް އަންދާސީ ހިސާބު ހުށަހެޅުމަށް ވަނީ އެދިފައެވެ.
ކައުންސިލުން ނެރުނު އިޢުލާނުގައިވާ ގޮތުން، މި މަސައްކަތާއި ގުޅޭ މަޢުލޫމާތު ކަރުދާސް، ބިޑަށް ރަޖިސްޓަރ ކުރާ ހުރިހާ ފަރާތްތަކަށް އީމެއިލް މެދުވެރިކޮށް ފޮނުވޭނެއެވެ. ބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 2025 އޭޕްރީލް 8 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން ސިޓީ ކައުންސިލްގެ އިދާރާއަށް ވަޑައިގެން ނުވަތަ projects@thinadhoo.gov.mv އަށް މެއިލް ކުރައްވައިގެން ރަޖިސްޓަރީ ކުރެއްވުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.
މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 2025 އޭޕްރީލް 21 ވާ ހޯމަ ދުވަހުގެ 11:30 ގައި ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. އަދި ރަޖިސްޓަރީ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުލިބޭނެ ކަމަށް ވެސް ކައުންސިލުން ވަނީ އަންގާފައެވެ.