ރޮހިންޔާ މުސްލިމުންގެ ދިފާޢުގައި ދިވެހިރާއްޖެއިން އޮބްޒަރވޭޝަން ހުށަހަޅައިފި

ހުސައިން އިސްމާއިލް | 12 ދުވަސް ކުރިން - 10:58
ބަންޑާރަނައިބު އަޙްމަދު އުޝާމް - އެމަނިކުފާނަކީ ”އެޕްލިކޭޝަން އޮފް ދަ ކޮންވެންޝަން އޮން ދަ ޕްރިވެންޝަން އެންޑް ޕަނިޝްމަންޓް އޮފް ދަ ކްރައިމް އޮފް ޖެނޮސައިޑް (ދަ ގެމްބިއާ ވ. މިޔަންމާ)“މައްސަލައިގައި ރާއްޖޭގެ އެޖެންޓް.
ބަންޑާރަނައިބު އަޙްމަދު އުޝާމް - އެމަނިކުފާނަކީ ”އެޕްލިކޭޝަން އޮފް ދަ ކޮންވެންޝަން އޮން ދަ ޕްރިވެންޝަން އެންޑް ޕަނިޝްމަންޓް އޮފް ދަ ކްރައިމް އޮފް ޖެނޮސައިޑް (ދަ ގެމްބިއާ ވ. މިޔަންމާ)“މައްސަލައިގައި ރާއްޖޭގެ އެޖެންޓް.
ޚުލާސާ

ރާއްޖޭގެ ހުށަހެޅުމުގައި ބޮޑަށް އަލިއަޅުވާލާފައިވަނީ “ނަސްލު ނައްތާލުމުގެ ކުށް ހުއްޓުވުމާއި އަދަބު ދިނުމާ ބެހޭ މުއާހަދާ” ގެ މާއްދާތައް މާނަކުރުމަށް.

މިޔަންމާގައި ރޮހިންޔާ ނަސްލު ނައްތާލުމުގެ މައްސަލައާ ގުޅޭ ގޮތުން ދިވެހިރާއްޖެއިން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އަށް ރަސްމީކޮށް ލިޔުމުން އޮބްޒަވޭޝަން ހުށަހަޅައިފިއެވެ.

މިއީ ”އެޕްލިކޭޝަން އޮފް ދަ ކޮންވެންޝަން އޮން ދަ ޕްރިވެންޝަން އެންޑް ޕަނިޝްމަންޓް އޮފް ދަ ކްރައިމް އޮފް ޖެނޮސައިޑް (ދަ ގެމްބިއާ ވ. މިޔަންމާ)“ މައްސަލައަށް ރާއްޖެއިން ކަނޑައަޅާފައިވާ އޭޖެންޓް، ބަންޑާރަނައިބު އަލްއުސްތާޛު އަޙްމަދު އުޝާމްގެ ފަރާތުން ހުށަހެޅި އޮބްޒަރވޭޝަންސްއެވެ.

މިމަހުގެ 28 ވަނަ ދުވަހު ހުށަހެޅި މި ހުށަހެޅުމަކީ ރޮހިންޔާ މުސްލިމުންނާއި ދެކޮޅަށް ހިންގާ އަނިޔާވެރިކަމާއި ގުޅޭ ގޮތުން ނޮވެމްބަރު 11، 2019 ގައި މިޔަންމާއާ ދެކޮޅަށް ގަމްބިއާ އިން ފެށި ޝަރީއަތާއި އެއްގޮތަސް ހުށަހެޅި ހުށަހެޅުމެކެވެ.

ދިވެހިރާއްޖެއިން މި މައްސަލައަށް ތަދައްޚުލުވުމަށް ހުށަހެޅި ޑެކްލެރޭޝަން އޮފް އިންޓަރވެންޝަން އައި.ސީ.ޖޭ. އިން ބަލައިގަތުމާ ގުޅިގެން، 3 ފެބުރުވަރީ 2024 ގައި ދިވެހިރާއްޖެއަށް ވަނީ ލިޔުމުން އޮބްޒަރވޭޝަންސް ހުށަހެޅުމުގެ ދަޢުވަތު ދެއްވާފައެވެ.

ރާއްޖޭގެ ހުށަހެޅުމުގައި ބޮޑަށް އަލިއަޅުވާލާފައިވަނީ “ނަސްލު ނައްތާލުމުގެ ކުށް ހުއްޓުވުމާއި އަދަބު ދިނުމާ ބެހޭ މުއާހަދާ” ގެ މާއްދާތައް މާނަކުރުމަށެވެ.

ޚާއްޞަކޮށް، އެ މުޢާހަދާގެ 1، 4، 5، އަދި 6 ވަނަ މާއްދާތަކުގެ ދަށުން ”ޑިއުޓީ ޓު ޕަނިޝް ޖެނޮސައިޑް“ މާނަކޮށްފައިވާ ގޮތަށްވަނީ އަލިއަޅުވާލާފައެވެ.

ރޮހިންގާ މުސްލިމުންނަށް އަދުލު އިންސާފު ހޯދައިދިނުމަށާއި، ގަތުލުއާންމުގެ ކުށް ހުއްޓުވުމާއި އަދަބު ދިނުމާގުޅޭ މުއާހަދާ ތަންފީޒުކުރުމަށް ބައިނަލްއަގުވާމީ މައިދާނުގައި ކުރާ މަސައްކަތްތަކަށް ރާއްޖެއިން އަބަދުވެސް އެއްބާރުލުން ދިނުމުގައި ސާބިތުކަމާއެކު ދެމިއޮންނާނެ ކަމުގެ ޔަގީންކަން ބަންޑާރަނައިބު އޮފީހުން ވަނީ ދީފައެވެ.

މިޔަންމާގައި 2016 ވަނަ އަހަރު، އޭރުގެ ލީޑަރު އަންގް ސަން ސޫޗީގެ ވެރިކަމުގައި، ރޮހިންގާ މުސްލިމުންގެ އާބާދީ އެންމެ ބޮޑު ސްޓޭޓުގައި އެ ގައުމުގެ ސިފައިން އަސްކަރީ އޮޕަރޭޝަނެއް ފެށިއެވެ. އެ އޮޕަރޭޝަނުގައި ގަތުލުއާންމު ހިންގައި، ގިނަ ބަޔެއްގެ ގެތަކުގައި ރޯކޮށްފައިވާ ކަމަށް ބައިނަލްއަގުވާމީ ޖަމިއްޔާތަކުން ބުނެއެވެ.

އޭގެ ސަބަބުން މިޔަންމާ ދޫކޮށް ދާން މަޖުބޫރުވި ރޮހިންގާ ދަރިކޮޅުގެ މީހުންގެ އަދަދު މިލިއަނަކަށް ވުރެ އިތުރުވާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%