ޕްރިމިއަރ ލީގު މިޑްވީކް މެޗުތަކެއް މިރޭ، ޓޮޓްނަމް އާއި ސިޓީ ވެސް ބައްދަލުކުރާނެ

އައިޝަތު އީމާން | 21 ދުވަސް ކުރިން - 23:06
މިރޭގެ މެޗުތައް ފަށާނީ ރާއްޖެ ގަޑިން 12:30 ގައި އަދި 01:15 ގައި. / ފޮޓޯ: ގޯލް.ކޮމް
މިރޭގެ މެޗުތައް ފަށާނީ ރާއްޖެ ގަޑިން 12:30 ގައި އަދި 01:15 ގައި. / ފޮޓޯ: ގޯލް.ކޮމް
ޚުލާސާ

މިރޭ ކުޅޭ މެޗުތަކަކީ ބްރެންޓުފޯޑާއި އެވަޓަން، ޔުނައިޓެޑާއި އިޕްސްވިޗް، ނޮޓިންހަމާއި، އާސެނަލް، ޓޮޓްނަމާއި ސިޓީ އަދި ލިވަޕޫލާއި ނިއުކާސަލް. މެޗުތައް އޮންނާނީ މިރޭ 12 ގެ ފަހުން.

އިގިރޭސީ ޕްރިމިއަރ ލީގުގެ މިޑްވީކުގައި ފޯރިގަދަ މެޗުތަކެއް މިރޭ ކުޅޭނެއެވެ.

މިރޭ ކުޅޭ ފޯރިގަދަ މެޗުތަކުގެ ތެރޭގައި ރާއްޖެ ގަޑިން 12:30 ގައި ފަށަން ހަމަޖެހިފައިވަނީ މެންޗެސްޓަރ ސިޓީއާއި ނިއުކާސަލް، މެންޗެސްޓަރ ޔުނައިޓެޑާއި އިޕްސްވިޗް، ނޮޓިންހަމް ފޮރެސްޓާއި އާސެނަލް އަދި ބްރެންޓުފޯޑާއި އެވަޓަން ބައްދަލުކުރާ މެޗެވެ. ލިވަޕޫލާއި ނިއުކާސަލް ބައްދަލުކުރާ މެޗު ފަށާނީ މިރޭ 01:15 ގައެވެ.

ރާއްޖޭގައި ބޮޑު ފޯރިއެއް އިނގިރޭސީ ޕްރިމިއަރ ލީގަށް އޮންނައިރު ބޭރު ދުނިޔޭގެ ކުލަބުތަކުގެ ތެރެއިން ރާއްޖޭގައި އެންމެ ގިނަ ބަޔަކު ސަޕޯޓުކުރަނީ މެންޗެސްޓަރ ޔުނައިޓެޑަށެވެ. ނަމަވެސް ޔުނައިޓެޑުގެ ދަށް ކުޅުމުގެ ސަބަބުން މިހާތަނަށް ކުޅުނު 26 މެޗުން އެންމެ 30 ޕޮއިންޓާއެކު އެ ކުލަބު މިވަގުތު އޮތީ ތާވަލުގެ 15 ވަނާގައެވެ. އެއްވަނާގައި ލިވަޕޫލް 64 ޕޮއިންޓާއެކު އޮތްއިރު ދެވަނައިގައި އާސެނަލް އޮތީ 53 ޕޮއިންޓު ލިބިގެންނެވެ. ތިން ވަނައިގައި ނޮޓިންހަމް ފޮރެސްޓު 47 ޕޮއިންޓާއެކު އޮތްއިރު ޗެލްސީ ހަތަރު ވަނައިގައި އޮތީ 46 ޕޮއިންޓާއެކު ގައެވެ. އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީ މިވަގުތު އޮތީ ތާވަލުގެ ފަސް ވަނައިގައެވެ. އެއީ ނިއުކާސަލްއާ އެއްވަރަށް 44 ޕޮއިންޓު ހޯދައިގެން ނަމަވެސް ގޯލުގެ ތަފާތުން ކުރީގައި އޮވެގެންނެވެ.

ޕްރިމިއަރ ލީގުގައި ރޭ ކުޅުނު މެޗުތަކަށް ބަލާއިރު ޗެލްސީ ވަނީ ތާވަލުގެ ފުލުގައި އޮތް ސަތަމްޕްޓަން 0-4 އިން ބަލިކޮށްފައެވެ. ބްރައިޓަންއާއި ބޯންމައުތް ކުޅުނު މެޗު 1-2 ގެ ނަތީޖާއަކުން ބްރައިޓަން މޮޅުވެފައިވާއިރު ކްރިސްޓަލް ޕެލެސް އިން ވަނީ އެސްޓަން ވިލާގެ މައްޗަށް 1-4 ގެ ނަތީޖާއަކުން ކުރި ހޯދާފައެވެ. އަަދި ފުލަމް އިން ވަނީ ވުލްވްސް ގެ އަމިއްލަ ދަޑުގައި އެ ޓީމު 2-1 ގެ ނަތީޖާއަކުން ބަލިކޮށްފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%