ރަމަޟާން މަހުގެ ފަހު ދިހައިގައި އެމްޓީސީސީގެ ބަސް ޚިދުމަތް ދަންވަރު 2:00 އަށް އިތުރުކޮށްފި

އާނާ ފަހީމް | 13 ގަޑިއިރު ކުރިން - 17:39
އެމްޓީސީސީގެ ބަސްތައް ދަތުރުކުރަނީ: މިރެއިން ފެށިގެން ގްރޭޓަރ މާލޭ ސަރަޙައްދުގައި ބަހުގެ ޚިދުމަތްދޭ ގަޑިތައް އިތުރުކުރުމަށް އެމްޓީސީސީން ވަނީ ނިންމާފަ / ފޮޓޯ: ކޯޕަރޭޓް މޯލްޑިވްސް
އެމްޓީސީސީގެ ބަސްތައް ދަތުރުކުރަނީ: މިރެއިން ފެށިގެން ގްރޭޓަރ މާލޭ ސަރަޙައްދުގައި ބަހުގެ ޚިދުމަތްދޭ ގަޑިތައް އިތުރުކުރުމަށް އެމްޓީސީސީން ވަނީ ނިންމާފަ / ފޮޓޯ: ކޯޕަރޭޓް މޯލްޑިވްސް
ޚުލާސާ

ގްރޭޓާ މާލެ ސަރަޙައްދުގައި ދެމުން އައި އެމްޓީސީސީގެ ބަހުގެ ޚިދުމަތް 2:00 އާއި ހަމަޔަށް އިތުރުކޮށްފި. ކުރިން ޚިދުމަތްދިނީ 12 ޖަހަންދެން.

މި ރެއިން ފެށިގެން ގްރޭޓަރ މާލޭ ސަރަޙައްދުގައި ބަހުގެ ޚިދުމަތްދޭ ގަޑިތައް އިތުރުކުރުމަށް އެމްޓީސީސީން ނިންމަވައިފިއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނިީ މި ރަމަޟާން މަހުގެ ފަހު ދިހައިގެ ރޭތަކުގައި އެ ކުންފުނީގެ ބަސް ޚިދުމަތް ދަންވަރު 2:00 އަށް އިތުރުކޮށްފައިވާ ކަމަށާއި. އެގޮތުން މާލެއާއި ހުޅުމާލެއާ ދެމެދު ދަތުރުކުރާ R7 ,R6 ،R2 ,R1 އަދި R8 ގެ ދަތުރުތަކާއި، މާލެތެރޭގައި ދަތުރުކުރާ R10 އަދި R11 ގެ ދަތުރުތަކުގެ ޚިދުމަތް 2:00 އާއި ހަމަޔަށް އިތުރުކުމަށް ވަނީ ނިންމައިފައެވެ. މި ރޫޓްތަކަށް މީގެ ކުރިން ބަސް ދަތުރުތައް ކުރަމުންދިޔައީ ރޭގަނޑު 12:00 ޖެހުމާއި ހަމައަށެވެ.

އެމްޓީސީސީން ވިދާޅުވީ، މި ބަދަލުތަކަކީ ރަމަޟާންމަސް ފެށުނީއްސުރެ ދަތުރުވެރިން އެންމެ ގިނައިން ބަހުގެ ޚިދުމަތް ބޭނުންކުރާ ގަޑިތަކާއި މިންވަރަށް ބަލައި، އާންމުންގެ ޚިޔާލުތަކަށް ރިޢާޔަތްކޮށް ގެނެސްފައިވާ ބަދަލުތަކެއްކަމަށެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%