ދެ އިންޝުއަރެންސްގެ ޚިދުމަތް ފެށުމަށް އާސަންދައިން ނިންމައިފި

ހުސައިން އިސްމާއިލް | 12 ގަޑިއިރު ކުރިން - 17:59
އާސަންދަ އޮގީސް: އެޑްމިޓްނުކޮށް ފަރުވާ ހޯދާ އެހެނިހެން ޚިދުމަތްތަކަށް ވެސް ދެ އިންޝުއަރެންސް ލިބޭނެ ގޮތް ހަމަޖެއްސުމަށް އާސަންދައިން ދަނީ މަޝްވަރާ ކުރަމުން.
އާސަންދަ އޮގީސް: އެޑްމިޓްނުކޮށް ފަރުވާ ހޯދާ އެހެނިހެން ޚިދުމަތްތަކަށް ވެސް ދެ އިންޝުއަރެންސް ލިބޭނެ ގޮތް ހަމަޖެއްސުމަށް އާސަންދައިން ދަނީ މަޝްވަރާ ކުރަމުން.
ޚުލާސާ

ރައްޔިތުންނަށް ލުއިފަސޭހަ ކޮށްދިނުމަށްޓަކައި ޕްރައިވެޓް އިންޝުއަރެންސް އޮންނަ ފަރާތްތަކަށްވެސް އާސަންދައިގެ ޚިދުމަތް ލިބޭނެ ގޮތް ހަމަޖެއްސުމަށް ނިންމައިިފި.

ރައްޔިތުންގެ ޞިއްޙީ ރައްކާތެރިކަން އިތުރުކޮށް، ފަރުވާ ހޯދުމުގައި ދިމާވާ މާލީ ދަތިތައް ކުޑަކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން، އާސަންދަ ކުންފުނިން އިންޝޫރެންސްގެ ޚިދުމަތަށް އައު ބަދަލުތަކެއް ތަޢާރަފުކޮށްފިއެވެ.

މި ބަދަލުތަކުގެ ތެރޭގައި ޕްރައިވެޓް އިންޝުއަރެންސް އޮންނަ ފަރާތްތަކަށްވެސް އާސަންދައިގެ ޚިދުމަތް ލިބޭނެ ގޮތް ހަމަޖެއްސުމާއި، ކޮންސަލްޓޭޝަންތަކަށް ފުރަތަމަ އަމިއްލަ އިންޝުއަރެންސުން ޗާޖުކުރުމަށްފަހު، ބާކީ އަދަދު އާސަންދައިން ކަނޑައިދިނުން ހިމެނެއެވެ.

އާސަންދައަށް ގެނައި މި ބަދަލުގެ ސަބަބުން ރައްޔިތުންގެ އަމިއްލަ ޖީބުން ކުރަންޖެހޭ ޚަރަދު ކުޑަވެގެންދާނެއެވެ.

މީގެ އިތުރުން، އެޑްމިޓްނުކޮށް ފަރުވާ ހޯދާ އެހެނިހެން ޚިދުމަތްތަކަށް ވެސް ދެ އިންޝުއަރެންސް ލިބޭނެ ގޮތް ހަމަޖެއްސުމަށް މަޝްވަރާކުރެވެމުންދާކަން ފާހަގަކުރެވެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%