އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ސިޓީ އަތުން 2-0 އިން މޮޅުވެ، ލީގުގެ އެއްވަނައިގައި 11 ޕޮއިންޓުގެ ލީޑެއް ނަގައިފައެވެ. މިއާއެކު ލިވަޕޫލް ވަނީ މި ސީޒަންގެ ޗެމްޕިއަންކަމާއި ވަރަށް ބޮޑަށް ކައިރިވެފައެވެ.
އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ލިވަޕޫލްގެ ފުރަތަމަ ގޯލު ޖެހީ މެޗު ފެށިގެން 14 ވަނަ މިނެޓުގައެވެ. މި ގޯލު ޖަހައިދިނީ މުހައްމަދު ސަލާހު އެވެ. އެއީ ކޯނަރ ކިކަކުން ޑޮމިނިކް ސޮބޮސްލާއި ދިން ބޯޅައަކުންނެވެ. ދެވަނަ ގޯލު ޖެހީ ސަލާހު ދިން ބޯޅައަކުން ސޮބޮސްލާއި އެވެ.
މި މޮޅުވުމާއެކު ލިވަޕޫލް ވަނީ 27 މެޗުން 64 ޕޮއިންޓާއެކު އެއްވަނައިގައި ހަމަޖެހިފައެވެ. ދެވަނައިގައި އޮތް އާސެނަލަށް 26 މެޗުން ލިބިފައިވަނީ ވަނީ 53 ޕޮއިންޓެވެ. އެންމެ ފަހުން ކުޅުނު މެޗުގައި އާސެނަލް ވަނީ އަމިއްލަ ދަނޑުގައި 1-0 އިން ވެސްޓް ހޭމް ޔުނައިޓެޑް އަތުން ބަލިވެފައެވެ.
މިއީ 2016 ވަނަ އަހަރު ޕެޕް ގާޑިއޯލާ ސިޓީއާ ހަވާލުވި ފަހުން، ސިޓީގެ ދަނޑުގައި ލީގު މެޗެއްގައި ލިވަޕޫލް މޮޅުވި ފުރަތަމަ ފަހަރެވެ. އަދި އާނާ ސްލޮޓް ލިވަޕޫލްގެ ކޯޗުކަމާއި ހަވާލުވި ފަހުން ސިޓީއާއި ދެކޮޅަށް ކުޅުނު ދެ މެޗުންވެސް ލިވަޕޫލް ވަނީ 2-0 އިން މޮޅުވެފައެވެ.