މިކެލް އާޓެޓާގެ ގޭމް ޕްލޭނުން ފަހުވަގުތު ދެ ގޯލު ޖަހައި އާސެނަލުން ލެސްޓަރ ސިޓީ 2-0 އިން ބަލިކޮށް ތާވަލުގެ އެއްވަނައިގައި އޮތް ލިވަޕޫލާއި ހަތަރު ޕޮއިންޓަށް ކައިރިޔަށް ޖެހިލައިފިއެވެ.
ޕަވަރ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި އާސެނަލްގެ ބަދަލުކުޅުންތެރިޔާ މިކެލް މެރީނޯ ވަނީ ފަހު ވަގުތުތަކުގައި ދެ ލަނޑު ޖަހާފައެވެ. 81 ވަނަ މިނެޓުގައި މެރީނޯ ފުރަތަމަ ލަނޑު ޖެހިއިރު، ދެވަނަ ލަނޑު އޭނާ ޖެހީ އޭގެ ހަ މިނެޓު ފަހުންނެވެ.
މެޗަށްފަހު މެރީނޯ ބުނީ މިއީ އޭނާ ފޯވަޑް ޕޮޒިޝަންގައި ކުޅުނު ފުރަތަމަ ފަހަރު ކަމަށެވެ. އާޓެޓާ އޭނާއަށް އެންގީ ފޯވަޑެއްގެ ގޮތުގައި ކުޅެން ކަމަށާއި، އެއީ އޭނާއަށް ލިބުނު ސަޕްރައިޒެއް ކަމަށް މެރީނޯ ބުންޏެވެ.
އާސެނަލްގެ ކޯޗު އާޓެޓާ ބުނީ މެރީނޯއަކީ ލަނޑު ޖެހުމުގެ ހުނަރު ހުރި ކުޅުންތެރިއެއް ކަމަށާއި، އެކަން މެޗުގައި ސާބިތުކޮށްދިން ކަމަށެވެ.