އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓަރ ސިޓީ އިން ނިއުކާސަލް ޔުނައިޓެޑް 4-0 އިން ބަލިކޮށް، ޗެމްޕިއަންސް ލީގުގެ ޖާގައަކަށް ވާދަކުރުމުގައި އިތުރު ހިއްވަރެއް ހޯދައިފިއެވެ. އެތިއާޑް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ސިޓީގެ ޖެނުއަރީ މަހު ސޮއިކުރި ކުޅުންތެރިޔާ ޢުމަރު މަރްމޫޝް ވަނީ ފުރަތަމަ ހާފުގައި 14 މިނެޓުގެ ތެރޭގައި ހެޓްރިކެއް ހަދާފައެވެ.
މެޗުގެ ފުރަތަމަ ލަނޑު މިޞްރުގެ ފޯވާޑް ޖެހީ 19 ވަނަ މިނެޓުގައި ގޯލްކީޕަރު އެޑަރސަން ފޮނުވާލި ބޯޅައެއް ދުވެގައި ދިޔަ ގޮތަށް ގޮސް ނިއުކާސަލްގެ ގޯލުކީޕަރުގެ ބޯމަތިން ގޯލު ތެރެއަށް އެއްލާލައިގެންނެވެ. އޭގެ ކުރިން ނިއުކާސަލްގެ ގޯލްކީޕަރު މާޓިން ދުބްރާވްކާ އެ ބޯޅައަށް މަސައްކަތް ވެސް ކުރިއެވެ.
އޭގެ ފަސް މިނެޓު ފަހުން މަރްމޫޝް ވަނީ ދުބްރާވްކާގެ ކައިރި ކަނާތްފަރާތު ޕޯސްޓުން ދެވަނަ ލަނޑު ޖަހާފައެވެ. އަދި ފުރަތަމަ ހާފު ނިމުމުގެ ކުރިން މަރްމޫޝް ވަނީ ސަވިންހޯގެ ޕާހަކުން ތިންވަނަ ލަނޑު ޖަހައި ހެޓްރިކް ފުރިހަމަކޮށްފައެވެ
މެޗުގެ ފަހު ވަގުތުތަކުގައި ބަދަލުކުޅުންތެރިޔާ ޖޭމްސް މެކާޓީ ވަނީ ކޯނަރަކުން ހަތަރުވަނަ ލަނޑު ޖަހާފައެވެ.
މެޗުގެ ފަހު ވަގުތުތަކުގައި އާލިންގ ހާލަންޑް ވަނީ އަނިޔާއެއް ވެގެން ބަދަލުކޮށްފައެވެ.
ކޯޗު ޕެޕް ގުއާޑިއޯލާ ބުނީ މެޑިކަލް ޓީމުން ހާލަންޑާއި ބެހޭ ގޮތުން އެއްވެސް ނުރަނގަޅު ޚަބަރެއް ދީފައި ނުވާ ކަމަށެވެ
މި މެޗާއެކު ސިޓީ ވަނީ ޕްރިމިއަރ ލީގުގެ ތާވަލުގައި 25 މެޗުން 44 ޕޮއިންޓާއެކު ހަތަރުވަނަ އަށް ޖެހިލާފައެވެ.