ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބަންދުކޮށްފައިވާ ސަރަހައްދަށް އާންމުން ނުވަންނަން އެޗްޑީސީން އަންގައިފި

އަހްމަދު އީޒާން | 30 ދުވަސް ކުރިން - 23:12
ހުޅުމާލެ ދެވަނަ ފިޔަވަހި / ފޮޓޯ: އެޗްޑީސީ
ހުޅުމާލެ ދެވަނަ ފިޔަވަހި / ފޮޓޯ: އެޗްޑީސީ
ޚުލާސާ

އެޗްޑީސީން ބުނީ އާންމުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އެ ސަރަހައްދަށް ވަނުމަކީ މަނާކަމެއް ކަމަށް.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބަންދުކޮށްފައިވާ ސަރަހައްދަށް އާންމުން ނުވަންނަން އެޗްޑީސީން މިއަދު އަންގައިފި އެވެ.

އެޗްޑީސީން ކުރި އިއުލާނެއްގައި ބުނީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ އިރުމަތީ ފަރާތު މޫދާ ކައިރިން ފެންސު ޖަހާފައިވާ ސަރަހައްދަކީ މި ވަގުތު ޗެނަލް 2 ޕްރޮޖެކްޓުގެ މަސައްކަތްތަކެއް ކުރިއަށް ގެންދާ ސަރަހައްދެއް ކަމަށެވެ. އެއީ މި ވަގުތު މަސައްކަތް ހިނގަމުންދާ ސައިޓެއް ކަމަށް ވާތީ، ގިނަ އަދަދެއްގެ ހެވީ ވެހިކަލް އެ ސަރަހައްދުގައި ބޭނުންކުރާ ކަމަށް އެ އިއުލާނުގައި ބުންޏެވެ.

އެހެންކަމުން، އާންމުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އެ ސަރަހައްދަށް ވަނުމަކީ މަނާކަމެއް ކަމަށް އެޗްޑީސީން ބުންޏެވެ.

އެޗްޑީސީން ބުނީ އެ ސަރަހައްދުގެ ޗެނަލް ކޮނުމުގެ މަސައްކަތާއި އަސޭރިއާ ޕްރޮޖެކްޓުގެ މަސައްކަތް ކުރަމުން ގެންދާ ފަރާތްތަކުގެ އިތުރުން އެހެން ބޭނުންތަކަށް އެ ސަރަހައްދަށް ވަންނަން ޖެހިއްޖެ ހާލަތެއްގައި އެ ކުންފުނީގެ ހުއްދަ ލިޔުމުން ހޯދުމަށް ފަހު، އެ ހުއްދައިގައި ބަޔާންކޮށްފައިވާ ޝަރުތުތަކާ އެއްގޮތަށް އަމަލުކުރަން ވާނެ ކަމަށެވެ.

އެ ކުންފުނީގެ ހުއްދަ ލިބިގެން އެ ސަރަހައްދަށް ވަންނަ މީހުން، ކަނޑައެޅިފައިވާ މިންގަނޑުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް އެޗްޑީސީން ވަނީ އިލްތިމާސްކޮށްފަ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%