އެމްޑީޕީގެ މުޒާހަރާ، ރައްޔިތުންގެ ތާއީދެއް ނުލިބުނު

ހުސައިން އިސްމާއިލް | 4 ގަޑިއިރު ކުރިން - 10:49
ރޭ އެމްޑީޕީން ބޭއްވި މުޒާހަރާގެތެރެއިން: އެމްޑީޕީ އާއިއެކު ޤައުމުގެ އިޖްތިމާޢީ ފޭރާން ހަލާކުކޮށް ރޯދަމަހު އަޅުކަން ކުރުމަށް ހުރަސް އަޅަން މަގުމައްޗަށް ނުކުންނަން ގިނަ މީހުން މިހާރު ބޭނުމެއް ނުވޭ. ރޭ ވެސް ނުކުތީ ވިއްސަކަށް މީހުން.
ރޭ އެމްޑީޕީން ބޭއްވި މުޒާހަރާގެތެރެއިން: އެމްޑީޕީ އާއިއެކު ޤައުމުގެ އިޖްތިމާޢީ ފޭރާން ހަލާކުކޮށް ރޯދަމަހު އަޅުކަން ކުރުމަށް ހުރަސް އަޅަން މަގުމައްޗަށް ނުކުންނަން ގިނަ މީހުން މިހާރު ބޭނުމެއް ނުވޭ. ރޭ ވެސް ނުކުތީ ވިއްސަކަށް މީހުން.
ޚުލާސާ

ރޭ ނުކުތް އެމްޑީޕީގެ ވިއްސަކަށް މީހުން މަސައްކަތްކުރީ ފުލުންނާއި ކުރިމަތިލައި ހަމަނުޖެހުމެއް ހިންގަން. ނަމަވެސް ފުލުހުން ވަނީ އެކަން ހުއްޓުވާލާފައިކަން ފާހަގަ ކުރެވޭ.

މާތްވެގެންވާ ރަމަޟާންމަހުގައި މާލޭގެ މަގުތަކުގެ އަމާންކަން ނަގާލައި ރައްޔިތުންނަށް ދީނީ އަޅުކަންތަކަށް ހުރަސް އެޅުމަށް އެމްޑީޕީން ޒަމާނުއްސުރެ ހިންގާ ލާދީނީ ފިކުރީ ސިޔާސަތުގެތެރެއިން މިފަހަރު ކުރިޔަށްދާ މުޒާހަރާތަކުގައި ޢާންމުންގެ މާބޮޑު ތަރުހީބެއް ނުލިބުނުކަން މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ އެކްޓިވިސްޓުންގެ ތެރެއިން ބަޔަކު ރޭ އިޢުތިރާފް ވެއްޖެއެވެ.

އެމްޑީޕީގެ ކުޅުދުއްފުށީ ސިޓީއަށް ނިސްބަތްވާ އެކްޓިވިސްޓަކު ޚުލާސާއަށް ބުނެދިން ގޮތުގައި ރޭ އެމްޑީޕީގެ އެކްޓިވިސްޓުން ނުކުތީ އެމްޑީޕީން މިހާރު ކުރިޔަށް ގެންދާ ސިލްސިލާ މުޒާހަރާތައް ކުރިޔަށް އޮތްތަނުގައި ވަރުގަދަ ކުރެވޭތޯއެވެ.

ނަމަވެސް އެމްޑީޕީގެ ފަރާތުން މުޒާހަރާ ކުރަން މަގުތަކަށް ނުކުންނަ މީހުންނަށް މިހާރު ދެމުންދާ ފައިސާ މަދުވެއްޖެ ކަމަށާއި، ފައިސާ ދިނަސް ޚާއްޞަކޮށް މި މާތް މައްސަރުގައި ގިނަ މީހުން މަގުމައްޗަށް ނުކުމެ ހުތުރު އެއްޗެހި ގޮވަން ބޭނުން ނުވާ ކަމަށެވެ.

”އަހަރެމެން ކުރިން ނުކުންނަނީ ފައިސާ ދޭތީ. އެމްޑީޕީން ދޭނެ ކޮންމެ މީހަކަށް ވެސް މަދުވެގެން 500 ރުފިޔާ. ބޯ ގިނަ ކޮށްލަން. އެހެންވިޔަސް މިއީ ރޯދަމަސް ވީމަ ގިނަ މީހުން ނުކުންނާކަށް ބޭނުން ނުވޭ” އޭނާ ބުންޏެވެ

ރޭ ނުކުތް އެމްޑީޕީގެ ވިއްސަކަށް މީހުން މަސައްކަތްކުރީ ފުލުންނާއި ކުރިމަތިލައި ހަމަނުޖެހުމެއް ހިންގާށެވެ. ނަމަވެސް ފުލުހުން ވަނީ އެކަން ހުއްޓުވާލާފައިކަން ފާހަގަ ކުރެވެއެވެ.

އެމްޑީޕީގެ އަސްލު މަޤްޞަދަކީ ދިވެހިންގެ ތެރޭގައި އޮންނަ ދީނީ އެއްބައިވަންތަކަން ނަގައިލުމަށެވެ. ގިނަ މީހުން ރޭއަޅުކަމުގައި އުޅޭއިރު އެމްޑީޕީން މަސައްކަތްކުރަނީ މި މާތް މައްސަރުގައި ވެސް ފިތުނަ އުފެއްދުމަށެވެ.

އެމްޑީޕީ އުފެދިގެން އައީ އިޞްލާޙަށް މަސައްކަތްކުރި ބައެއްގެ ތެރެއިންނެވެ. ފަހުން އެމްޑީޕީގެ ތެރެއަށް އެހެން ބަޔަކު ވަދެ މަސައްކަތް ކުރެއްވީ ހުޅަނގުގެ ނުބައި ފިކުރުގެ ބަޔަކާއި ގުޅިގެން ހާއްސަކޮށް އިނގިރޭސީ ވިލާތުގެ ކްރިސްޓިއަނުންނާއި ގުޅިގެން ޑިމޮކްރަސީގެ ނަމުގައި ރާއްޖެ ފިތުނަކޮށް އިޖްތިމާޢި ފޭރާން ރޫޅާލުމަށެވެ. އެ ފިކުރުގެ މީހުން އަދިވެސް އެމްޑީޕީގެ ތެރޭގައި އެބަތިއްބެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%