9 ރަށެއްގައި ސިއްހީ ހިދުމަތް ދޭ ތަންތަނުގެ އާ އިމާރާތްތައް އެޅުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

އަހްމަދު އީޒާން | 4 ގަޑިއިރު ކުރިން - 12:19
ރަށްރަށުގެ ސިއްހީ ހިދުމަތް ދޭ ތަންތަނުގެ އާ އިމާރާތް އެޅުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު / ފޮޓޯ: ހެލްތު މިނިސްޓަރު
ރަށްރަށުގެ ސިއްހީ ހިދުމަތް ދޭ ތަންތަނުގެ އާ އިމާރާތް އެޅުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު / ފޮޓޯ: ހެލްތު މިނިސްޓަރު
ޚުލާސާ

ހެލްތު މިނިސްޓްރީން ބުނީ މި މަސައްކަތް ކުރުމަށް ހަވާލުކޮށްފައި ވަނީ އެމްޓީސީސީ އާއި ފެނަކަ ކޯޕަރޭޝަން އަދި އާރުޑީސީ އާއި.

ރާއްޖޭގެ ނުވަ ރަށެއްގައި ސިއްހީ ހިދުމަތް ދޭ ތަންތަނުގެ އާ އިމާރާތްތައް އެޅުމުގެ އެއްބަސްވުމުގައި އިއްޔެ ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ މިނިސްޓްރީގައި ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.

ހެލްތު މިނިސްޓްރީން ބުނީ މި މަސައްކަތް ކުރުމަށް ހަވާލުކޮށްފައި ވަނީ އެމްޓީސީސީ އާއި ފެނަކަ ކޯޕަރޭޝަން އަދި އާރުޑީސީއާ ކަމަށެވެ.

އެމްޓީސީސީއާ ހަވާލުކުރި މަސައްކަތްތަައް

  1. ނ. ފޮއްދޫ ޞިއްޙީ މަރުކަޒު ޢިމާރާތް ކުރުން

ޕްރޮޖެކްޓުގެ އަގު: 26,878,072.40ރ

  1. ށ. މާއުނގޫދޫ ޞިއްޙީ މަރުކަޒު ޢިމާރާތް ކުރުން

ޕްރޮޖެކްޓުގެ އަގު: 27,219,325.40ރ

  1. ވ. ފެލިދޫ ހޮސްޕިޓަލް ޢިމާރާތް ކުރުން

ޕްރޮޖެކްޓުގެ އަގު: 105,360,655.93ރ

  1. ތ. ވިލުފުށި ހޮސްޕިޓަލް ޢިމާރާތް ކުރުން

ޕްރޮޖެކްޓުގެ އަގު: 105,132,701.20ރ

މި ރަށްރަށުގެ ސިއްހީ ހިދުމަތް ދޭ ތަންތަނުގެ އާ އިމާރާތް އެޅުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައުދީ އެވެ. އަދި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިސްމާއިލް އަބްދުﷲ އެވެ.

އާރުޑީސީއާ ހަވާލުކުރި މަސައްކަތްތައް

  1. ކ. ގާފަރު ޞިއްޙީ މަރުކަޒު ޢިމާރާތް ކުރުން

ޕްރޮޖެކްޓުގެ އަގު: 26,819,434.82ރ

  1. ހދ. ކުޅުދުއްފުށީ ސިޓީގައި ޢިމާރާތް ކުރާ ދަމަނަވެށި

ޕްރޮޖެކްޓުގެ އަގު: 23,113,061.08ރ

  1. ހދ. ހަނިމާދޫ ހޮސްޕިޓަލް ޢިމާރާތް ކުރުން

ޕްރޮޖެކްޓުގެ އަގު: 104,834,778.55ރ

  1. އދ. މާމިގިލީ ހޮސްޕިޓަލް ޢިމާރާތް ކުރުން

ޕްރޮޖެކްޓުގެ އަގު: 105,004,634.47ރ

މި އެއްބަސްވުންތަކުގައި ސޮއިކުރެއްވީ އާރުޑީސީގެ މެނޭޖިން ޑިރެކްޓަރު ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް އަލީ ޒުހެއިރު އެވެ. މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިސްމާއިލް ޝަރީފް އެވެ.

ފެނަކަ ކޯޕަރޭޝަންއާ ހަވާލުކުރި މަސައްކަތްތައް

  1. ހދ. މަކުނުދޫ ޞިއްޙީ މަރުކަޒު ޢިމާރާތް ކުރުން

ޕްރޮޖެކްޓުގެ އަގު: 103,595,304.83ރ

ފެނަކަ ކޯޕަރޭޝަންގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު މޭޖާ ރިޓަޔާޑް މުހައްމަދު ނަޖާހެވެ. މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އަހްމަދު ގާސިމެވެ.

އެ ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް ބައިވެރިވަޑައިގެންނެވި އެވެ.

މިނިސްޓަރު ވިދާޅުވީ ކައިރި މުސްތަގުބަލެއްގައި ސިއްހީ ހިދުމަތް ދޭ އިތުރު ތަންތަނާ ގުޅޭ އެއްބަސްވުންތަކުގައި ސޮއިކުރާނެ ކަމަށެވެ. އަދި ރައީސްގެ ވައުދާއި އެއްގޮތަށް، ސިއްހީ ދާއިރާގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން ވެސް މިނިސްޓަރު ދެއްވި އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%