މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ބައި މިލިއަން ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތް ކޮށްފި އެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މި އަހަރުގެ މިހާތަނަށް އެވްރެޖުކޮށް 7،100 ޓޫރިސްޓުން އައިސްފައިވެ އެވެ. އެއީ މިދިޔަ އަހަރަށް ވުރެ 4.6 ޕަސެންޓުގެ ކުރިއެރުމެކެވެ.
މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް އައިސްފައި ވަނީ 470،000 ޓޫރިސްޓުންނެވެ.
މި އަހަރު އެންމެ ގިނައިން ޓޫރިސްޓުން އައިސްފައި ވަނީ ޗައިނާ އިންނެވެ. އެ ގައުމުން 63،000 ޓޫރިސްޓުން އައިސްފައިވެ އެވެ. ދެވަނަ އަށް އެންމެ ގިނައިން ޓޫރިސްޓުން އައިސްފައި ވަނީ އިނގިރޭސިވިލާތާއި ރަޝިއާއިންނެވެ.
މިނިސްޓްރީން ބުނީ 500،000 ނުވަތަ ބައި މިލިއަން ޓޫރިސްޓުން އައިއިރު އޭގެ ތެރެއިން 345،000 ޓޫރިސްޓުން އައީ ރިސޯޓުތަކަށް ކަމަށެވެ. އެއީ ޖުމްލަ އައި ޓޫރިސްޓުންގެ 69 ޕަސެންޓެވެ.
ގެސްޓްހައުސްތަކަށް އައިސްފައި ވަނީ 127،000 ޓޫރިސްޓުންނެވެ.
ސަރުކާރުގެ އަމާޒަކީ މި އަހަރު ރާއްޖެއަށް 2.2 މިލިއަން ޓޫރިސްޓުން ގެނައުމެވެ.