މާލެއިން ޒުވާން އަންހެނަކު ގެއްލިގެން އޭނާ ހޯދަން ފަށައިފިއެވެ.
ފުލުހުން ބުނި ގޮތުގައި މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން ގެއްލިގެން ހޯދަނީ ހައްވާ ހަސަން ނަމަކަށް ކިޔާ 31 އަހަރުގެ އަންހެނެކެވެ.
ފުލުހުން ބުނި ގޮތުގައި ހައްވާ ގެއްލިގެން ހޯދަމުން އަންނަތާ ފަސް ދުވަސް ވެއްޖެ ކަމަށާއި، އޭނާގެ އާއިލާއިން އޭނާ ގެއްލިގެން ރިޕޯޓްކޮށްފައިވަނީ މިމަހުގެ 8 ވަނަ ދުވަހު ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި އޭނާ ހޯދުމަށް ތަފާތު މަސައްކަތްތަކެއް ކުރި ނަމަވެސް މިހާތަނަށް އެއްވެސް މައުލޫމާތެއް ނުލިބެއެވެ.
މީގެއިތުރުން، މާލެއިން ގެއްލިގެން ހޯދަމުންދިޔަ މަނަދޫގެ އަބްދުﷲ ޝިހާދު ހޯދުމުގެ މަސައްކަތްވެސް ފުލުހުން ދަނީ ކުރަމުންނެވެ.