މިއަހަރުގެ ދިވެހި އުފެއްދުންތެރިކަމުގެ މައުރަޒަކީ ނުކުޅެދުންތެރިކަން ހުންނަ ފަރުދުންނަށް ހުޅުވާލައިގެން، އެކި ސިނާއަތްތަކުގައި އެމީހުންގެ ހުނަރާއި އުފެއްދުންތައް ދައްކާލުމުގެ ފުރުސަތު ހުޅުވާލާފައިވާ މައުރަޒެއް ކަމަށް މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓުން ބުނެފިއެވެ.
މިނިސްޓްރީ ބުނީ ބައިވެރިންނަށް ހާއްސަ ލިންކެއް މެދުވެރިކޮށް ރަޖިސްޓްރީކޮށް، އީފާސް އެކައުންޓް މެދުވެރިކޮށް އެޕްލައި ކުރެވޭނެ އެވެ. ބައިވެރިވުމަށް ޝަރުތު ހަމަވާ ފަރާތްތަކަކީ ގައުމީ ދަފްތަރުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކެޓަގަރީގެ ދަށުން ރަޖިސްޓްރީކޮށްފައިވާ އަދި 18 އަހަރުން މަތީގެ މީހުން ކަމުގައި ވާންވާނެއެވެ.
މި މައުރަޒުގައި އަތްތެރި މަސައްކަތާއި، ދަނޑުވެރިކަމާއި، މަސްވެރިކަމާއި، އައިސީޓީއާއި، ފެޝަން، ކާބޯތަކެތި، އަދި އެހެނިހެން ކެޓަގަރީތައް ދައްކާލާނެއެވެ.
މިނިސްޓްރީން ބުނީ އެ މިނިސްޓްރީ އާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން މާރޗް 13 ވަނަ ދުވަހުގެ 21:30 ގައި އުމަރު ޒާހިރު އޮފީސް ބިލްޑިންގގައި މަޢުލޫމާތު ދިނުމުގެ ސެޝަނެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގައުމީ ދަފްތަރުގައި 13،000 އަށް ވުރެ ގިނަ ފަރާތް ރަޖިސްޓްރީކޮށްފައި ވެއެވެ.