ހުޅުމާލޭގައި ހެދި އިސްރަށްވެހިންގެ ނާދީ މިނިސްޓްރީއާ ހަވާލުކޮށްފި

އަހްމަދު އީޒާން | 35 ދުވަސް ކުރިން - 19:54
ްިއިސްރަށްވެހިންގެ ނާދީ މިނިސްޓްރީއާ ހަވާލުކުރުމަށް ބޭއްވި ހަފުލާ. / ފޮޓޯ: އެޗްޑީސީ
ްިއިސްރަށްވެހިންގެ ނާދީ މިނިސްޓްރީއާ ހަވާލުކުރުމަށް ބޭއްވި ހަފުލާ. / ފޮޓޯ: އެޗްޑީސީ
ޚުލާސާ

އެޗްޑީސީން ބުނި ގޮތުގައި، މި ނާދީގެ މަސައްކަތް ކޮށްފައި ވަނީ އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ތެރެއިން.

ހުޅުމާލޭގައި ދިރިއުޅޭ އިސްރަށްވެހިންގެ އިޖްތިމާއީ ދުޅަހެޔޮކަން އިތުރުކުރުމުގެ މަގުސަދުގައި ހެދި "އިސްރަށްވެހިންގެ ނާދީ" ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީއާ ހަވާލުކޮށްފިއެވެ.

ހުޅުމާލޭގައި އިސްރަށްވެހިންގެ ނާދީ ހެދުމުގެ މަސައްކަތް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީން އެޗްޑީސީއާ ހަވާލުކުރީ މިދިޔަ އަހަރުގެ މާޗު މަހުގައެވެ.

އެޗްޑީސީން ބުނި ގޮތުގައި، މި މަސައްކަތް ކޮށްފައި ވަނީ އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ތެރެއިންނެވެ.

މި ނާދީ ހިންގުމުގެ ކަންކަން ބަލަހައްޓާނީ މިނިސްޓްރީންނެވެ.

ހުޅުމާލެ 2 ގެ ހިޔާ ޓަވަރު 8 ގައި ތަރައްގީކުރި މި ނާދީގައި އިސްރަށްވެހިންގެ އިޖުތިމާއީ ދުޅަހެޔޮކަން އިތުރުކުރުމަށް ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ރާވާފައެވެ.

އިސްރަށްވެހިންގެ ސިއްހީ ބޭނުންތަކާ ގުޅޭ ގޮތުން މައުލޫމާތު ފޯރުކޮށްދީ ހޭލުންތެރިކުރުމުގެ ހަރަކާތްތައް ވެސް އެތަނުގައި ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%