ހުޅުމާލެ ހޮސްޕިޓަލުން މީހެއްގެ ޒާތީ މަޢުލޫމާތު އާންމުކުރި މައްސަލަ ބަލަނީ

އަހްމަދު އީޒާން | 35 ދުވަސް ކުރިން - 16:29
ހުޅުމާލެ ހޮސްޕިޓަލު. / ފޮޓޯ: ޚުލާސާ
ހުޅުމާލެ ހޮސްޕިޓަލު. / ފޮޓޯ: ޚުލާސާ
ޚުލާސާ

ބިދޭސީއެއްގެ އެކްސްރޭއަކާއި އޮޕަރޭޝަނަށް ފަހު ނަގާފައިވާ ފޮޓޯއެއް ލީކުކޮށްލީ އެ ހޮސްޕިޓަލުގައި މަސައްކަތް ކުރާ ނަރުހެއް ކަމަށް އެނގިފައިވޭ.

ހުޅުމާލެ ހޮސްޕިޓަލުން ފަރުވާ ހޯދި ބިދޭސީ މީހެއްގެ ޒާތީ މަޢުލޫމާތު އާންމުކުރި މައްސަލައެއް ހެލްތު މިނިސްޓްރީން ބަލަން ފަށައިފިއެވެ.

ބިދޭސީއެއްގެ އެކްސްރޭއަކާއި އޮޕަރޭޝަނަށް ފަހު ނަގާފައިވާ ފޮޓޯއެއް ލީކުކޮށްލީ އެ ހޮސްޕިޓަލުގައި މަސައްކަތް ކުރާ ނަރުހެއް ކަމަށް އެނގިފައިވެއެވެ.

ބަލި މީހުންގެ ޒާތީ މައުލޫމާތު ލީކުކުރުމަކީ މަނާކަމެކެވެ.

އެކަމާ ގުޅިގެން ހެލްތު މިނިސްޓްރީގެ މީޑިއާ ގްރޫޕަށް ފޮނުވި މެސެޖެއްގައި މިނިސްޓްރީން ބުނީ އެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ.

އެކަން ކުރި މީހާއަށް ފިޔަވަޅު އެޅި ކަމެއް އަދި ނޭނގެ އެވެ.

މި މައްސަލާގައި ހުޅުމާލެ ހޮސްޕިޓަލުން ބުނެފައި ވަނީ އެ

ކަހަލަ ކަމެއް ހިނގާފައިވާ ނަމަ ފިޔަވަޅު އަޅާނެ ކަމަށެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%