ފަނޑިޔާރުން ޖަވާބުދާރީ ކުރެވޭނެ ނިޒާމެއް ނެތުމުން ޝަރީއަތްތައް ލަސްވޭ: ހޯމް މިނިސްޓަރ

އުސްތާޛް މުޙައްމަދު ޢަލީ | 39 ދުވަސް ކުރިން - 04:52
ޚުލާސާ

ފަނޑިޔާރުންނަށް މައްސަލަތައް ނިންމުމަށް ވަކި މުއްދަތެއް ކަނޑައަޅާފައި ނެތް ކަމަށާއި، އަދި މައްސަލަތައް ލަސްވާ ސަބަބު ބަލައި، ފަނޑިޔާރުން ޖަވާބުދާރީ ކުރުވޭނެ ނިޒާމެއް އޮންނަން ޖެހޭ ކަމަށް ފެންނަ ކަމަށް ހޯމް މިނިސްޓަރު ވިދާޅުވި.

ޝަރީއަތްތައް ލަސްވަނީ ހަމައެކަނި ޖާގައިގެ ދަތިކަމާއި ހެދި ނޫން ކަމަށް ހޯމް މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ އިއްޔެ "ބަންދު ފޯރަމް" ގައި ޚިޔާލު ފާޅުކުރައްވަމުންނެވެ..

މިނިސްޓަރު ވިދާޅުވީ ޝަރީއަތްތައް ލަސްވުމުގެ މައިގަނޑު ދެ ސަބަބެއް އޮތް ކަމަށެވެ. އެއީ ޖާގައިގެ ދަތިކަމާއި ފަނޑިޔާރުން ޖަވާބުދާރީ ކުރުވޭނެ ނިޒާމެއް ނެތުމެވެ. މިނިސްޓަރު ވިދާޅުވީ ފަނޑިޔާރުންނަށް މައްސަލަތައް ނިންމުމަށް ވަކި މުއްދަތެއް ކަނޑައަޅާފައި ނެތް ކަމަށެވެ. އަދި މައްސަލަތައް ލަސްވާ ސަބަބު ބަލައި، ފަނޑިޔާރުން ޖަވާބުދާރީ ކުރުވޭނެ ނިޒާމެއް އޮންނަން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ރަށްރަށުގެ ކޯޓުތަކުގައި ވެސް ކްރިމިނަލް މައްސަލަތައް ބެލުމަށް ފުރުސަތު ދޭން ޖެހެއެވެ.

ޝަރީއަތްތައް ލަސްވުމުގެ ސަބަބުން ޝަރީއަތް ނިމެންދެން ބަންދުގައި ތިބޭ މީހުންގެ އަދަދު ވެސް ދަނީ އިތުރުވަމުންނެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%