ކަނޑު މަގުން ރާއްޖެ އެތެރެކުރަން އުޅުނު 6.7 މިލިއަން ރުފިޔާގެ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގެންފިއެވެ.
ކަސްޓަމްސް އިން މިއަދު ބުނީ އަތުލައިގެން މަސްތުވާތަކެތީގެ ޖުމްލަ ބަރުދަނުގައި 3.5 ކިލޯގްރާމް ހުރިކަމަށެވެ.
ކަސްޓަމްސް އިން އަތުލައިގެން މަސްތުވާތަކެތީގެ ތެރޭގައި ހިމެނެނީ:
- މެތަމްފެޓަމިން - (2138) ގްރާމް
- ކެޓަމިން - (1086) ގްރާމް
- ހެރޮއިން - (310) ގްރާމް
ކަސްޓަމްސް އިން ބުނީ މިތަކެތީގެ މަގުމަތީ އަގު 6.7 މިލިއަން ދިވެހި ރުފިޔާ އަށް އަރާކަމަށެވެ.
މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. ނަމަވެސް ފުލުހުން އަންނަނީ މި މައްސަލަ ތަޙުޤީޤުކުރަމުންނެވެ.