ސުޕްރީމް ކޯޓާއި ގުޅޭ އިބްރާ ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައިނުގަތުމަށް ނިންމައިފި

ހުސައިން އިސްމާއިލް | 2 ގަޑިއިރު ކުރިން - 16:20
އިބްރާހިމް އިސްމާއިލް (އިބްރާ) / ފައިލް ފޮޓޯ
އިބްރާހިމް އިސްމާއިލް (އިބްރާ) / ފައިލް ފޮޓޯ
ޚުލާސާ

އިބްރާ މި މައްސަލަ ހުށަހެޅުއްވީ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑް ކުރުމާއި ގުޅިގެން އެ ކޯޓުގެ މަސައްކަތަށް ހުރަސްއެޅިފައިވާ ކަމަށް ބުނެ.

ސުޕްރީމް ކޯޓު ހިންގުމާއި ގުޅޭގޮތުން ކުރީގެ މަޖިލިސް މެންބަރު އިބްރާހިމް އިސްމާއިލް (އިބްރާ) ހައިކޯޓަށް ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް އެ ކޯޓުން ނިންމައިފިއެވެ.

އިބްރާ މި މައްސަލަ ހުށަހެޅުއްވީ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑް ކުރުމާއި ގުޅިގެން އެ ކޯޓުގެ މަސައްކަތަށް ހުރަސްއެޅިފައިވާ ކަމަށް ބުނެއެވެ. ނަމަވެސް، ޖުޑީޝަލް ސަރވިސް ކޮމިޝަނުން މި ފަނޑިޔާރުން ސަސްޕެންޑް ކުރީ ޤާނޫނީ އިޖުރާއަތުތަކާއި އެއްގޮތަށް ކަމަށް ބުނެފައިވެއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ސަސްޕެންޑް ކުރެވުނީ، ސިޔާސީ ޕާޓީތަކަށް މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ޤާނޫނުއަސާސީއަށް ގެނެވުނު ބަދަލު ބާޠިލްކުރުމަށް ހުށަހެޅުނު މައްސަލައެއް ބަލައިގަތުމާއި ގުޅިގެން ކަމަށް ބައެއް ފަރާތްތަކުން ބުނާއިރު، އެކި މައްސަލަތަކުގައި ފައިސާ ހޯދާފައިވާ ކަމަށް ތުހުމަތު ކުރެވޭތީއާއި، ދަށު ކޯޓުގެ ފަނޑިޔާރުނއގެ މައްޗަށް މައްސަލަތަކުގައި ނުފޫޒު ފޯރުވުން ވެސް ހިމެނެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%