ލިވަޕޫލް އާއެކު ވެވުނު އެއްބަސްވުމުން ރާއްޖޭގެ ފަތުރުވެރިކަމަށް ބޮޑު ކުރިއެރުމެއް ލިބޭނެ: ވިޒިޓް މޯލްޑިވްސް

އުސްތާޛް މުޙައްމަދު ޢަލީ | 4 ގަޑިއިރު ކުރިން - 17:21
ވިޒިޓް މޯލްޑިވްސްގެ ސީއީއޯ އިބްރާހިމް ޝިއުރީ: ޝިއުރީ ވިދާޅުވީ މިއެއްބަސްވުމުގެ ސަބަބުން މިއަހަރު އިތުރު މިލިއަނެއްހާ ޑޮލަރު ރާއްޖޭގެ އިޤްތިޞާދަށް ވަންނާނެ ކަމަށް.
ވިޒިޓް މޯލްޑިވްސްގެ ސީއީއޯ އިބްރާހިމް ޝިއުރީ: ޝިއުރީ ވިދާޅުވީ މިއެއްބަސްވުމުގެ ސަބަބުން މިއަހަރު އިތުރު މިލިއަނެއްހާ ޑޮލަރު ރާއްޖޭގެ އިޤްތިޞާދަށް ވަންނާނެ ކަމަށް.
ޚުލާސާ

މި ޕާޓްނަރޝިޕްގެ ސަބަބުން މި އަހަރު ރާއްޖެއަށް އިތުރު އެއް ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާނެ.

ދިވެހިރާއްޖެއާއި ލިވަޕޫލް ފުޓްބޯލް ކްލަބް (އެލްއެފްސީ) އާއި ދެމެދު ވެވުނު ސްޓްރެޓެޖިކް ޕާޓްނަރޝިޕްގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ބޮޑެތި ފައިދާތަކެއް ލިބިގެންދާނެ ކަމަށް ވިޒިޓް މޯލްޑިވްސް އިން ބުނެފިއެވެ. މި އެއްބަސްވުމުގެ ދަށުން ދިވެހިރާއްޖެ ވަނީ އެލްއެފްސީގެ އޮފިޝަލް ޓޫރިސްޓް ޑެސްޓިނޭޝަން ޕާޓްނަރަކަށް ހަމަޖެހިފައެވެ.

ވިޒިޓް މޯލްޑިވްސްއިން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ޕާޓްނަރޝިޕްގެ ސަބަބުން މި އަހަރު ރާއްޖެއަށް އިތުރު އެއް ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާނެ ކަމަށް ލަފާކުރެވެއެވެ. މީގެ އިތުރުން، ފަތުރުވެރިކަމުގެ އާމްދަނީގެ ގޮތުގައި 100 މިލިއަން އެމެރިކާ ޑޮލަރަށް ވުރެ ގިނަ އަދަދެއް ލިބޭނެ ކަމަށްވެސް ލަފާކުރެވެއެވެ.

މި އެއްބަސްވުމުގެ ދަށުން، އެލްއެފްސީގެ ހޯމް ގްރައުންޑް ކަމަށްވާ އެންފީލްޑް ސްޓޭޑިއަމްގައި ވިޒިޓް މޯލްޑިވްސްގެ ބްރޭންޑް ވިޒިބިލިޓީ އާއި އެލްއީޑީ ނިޝާންތައް ފެންނަން ހުންނާނެއެވެ. މީގެ އިތުރުން، ކްލަބުގެ ރަސްމީ ޕަބްލިކޭޝަންތަކުގައި ދިވެހިރާއްޖެ ޕްރޮމޯޓްކުރެވޭނެ ކަމަށާއި އަދި ޔޫރަޕްގެ އެކި ހިސާބުތަކުގައި ބިލްބޯޑުތަކުން ރާއްޖެ ދައްކާލެވޭނެއެވެ.

އެލްއެފްސީގެ ގްލޯބަލް އޯޑިއަންސްގައި 205 މިލިއަން ފޮލޮވަރުންނާއި، ކޮންމެ ސީޒަނަކަށް 211 މިލިއަނަށް ވުރެ ބޮޑު ޓީވީ އޯޑިއަންސްއެއް ހިމެނޭއިރު، މި ޕާޓްނަރޝިޕްގެ ސަބަބުން ރާއްޖޭގެ ވިޒިބިލިޓީ ދުނިޔޭގެ މައިގަނޑު ހުރިހާ ގައުމެއްގައި އިތުރުވެގެންދާނެ ކަމަށް ވެސް ވިޒިޓް މޯލްޑިވްސް އިން ބުންޏެވެ..

ވިޒިޓް މޯލްޑިވްސްގެ ސީއީއޯ އިބްރާހިމް ޝިއުރީ ވިދާޅުވި ގޮތުގައި، މި ޕާޓްނަރޝިޕްގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓިންގ އަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%