ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ރަސްމީ ދަތުރުފުޅެއްގައި ރ. އަތޮޅަށް ފުރައިވަޑައިގެންފިއެވެ.
މިއަދުން ފެށިގެން މިމަހުގެ 23 ވާ ބުރާސްފަތި ދުވަހާއި ހަމަޔަށް ކުރިޔަށްދާ މި ދަތުރުފުޅުގައި މިއަދު ރ. އަތޮޅުގެ ހަތަރު ރަށަކަށް ވަޑައިގަންނަވާއިރު ފުރަތަމަ މަންޒިލަކީ އެ އަތޮޅު ވާދޫ އެވެ..
މި ދަތުރުފުޅަކީ ރައީސް ރާއްޖޭގެ ރަށްތަކުގައި ހުރި މައްސަލަތައް އަޑުއައްސަވައި، އެ މައްސަލަތަކަށް ހައްލު ހޯއްދެވުމަށާއި، އަދި ހަމަ އެހެންމެ ރިޔާސީ ވައުދުތައް ފުއްދުމުގެ ތެރެއިން ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ރައީސް ވަޑައިގަންނަވާ ރަށްތަކުގެ އަތޮޅު ކައުންސިލް ތަކާއި، ރަށު ކައުންސިލް ތަކާއި، އަދި ހޮސްޕިޓަލްތަކަށް ޒިޔާރަތް ކުރައްވާނެ ކަމަށް ވެސް މަޢުލޫމާތު ލިބިފައިވެއެވެ.