މީހަކު މަރުވެފައި އޮއްވާ ފެނުނު މައްސަލައެއް ބަލަނީ

އުސްތާޛް މުޙައްމަދު ޢަލީ | 3 ގަޑިއިރު ކުރިން - 30 އޭޕްރިލް 2025 09:41
ފުލުހުންގެ މައި އިދާރާގެ ބޭރުން ނަގާފައިވާ ފޮޓޯއެއް: ފުލުހުން ދަނީ މ. އަލުވިމާގެއިން މަރުވެފައި އޮއްވާ ފެނުނު މީހާގެ މައްސަލަ ބަލަމުން.
ފުލުހުންގެ މައި އިދާރާގެ ބޭރުން ނަގާފައިވާ ފޮޓޯއެއް: ފުލުހުން ދަނީ މ. އަލުވިމާގެއިން މަރުވެފައި އޮއްވާ ފެނުނު މީހާގެ މައްސަލަ ބަލަމުން.
ޚުލާސާ

މިމަހުގެ 22 ވަނަ ދުވަހު މ. އަލުވިމާގޭގައި މަރުވެފައި އޮއްވާ ފެނުނު އުމުރުން 40 އަހަރުގެ މުޙައްމަދު ހިޝާމް މަރުވި މައްސަލަ ފުލުހުން ދަނީ ބަލަމުން.

މާލޭގެ ގެއެއްގެ ތެރޭގައި މީހަކު މަރުވެފައި އޮއްވާ ފެނުނު މައްސަލައެއް ބަލަމުން ގެންދާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނި ގޮތުގައި މިދިޔަ އަންގާރަ ދުވަހު މ. އަލުވިމާގޭގައި މަރުވެފައި އޮއްވާ ފެނުނު އުމުރުން 40 އަހަރުގެ މުޙައްމަދު ހިޝާމް މަރުވި މައްސަލަ ބަލަމުންދާ ކަމަށާއި އޭނާގެ ހަށިގަނޑު ބަލަންޖެހޭ ކަންކަން ބެލުމަށްޓަކައި މިއަދާއި ހަމައަށް ބާއްވާފައި އޮތީ މޯޗަރީގައެވެ. ފުލުހުން ބުނާ ގޮތުގައި، މި މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ބެލުމަށް ޕޯސްޓްމޯޓަމް ހެދުމަށް ނިންމައި، އާއިލާއާ މަޝްވަރާކުރުމުން، އެކަމުގައި ޢާއިލާއިން އެއްބަސް ނުވުމާއި ގުޅިގެން ހަށިގަނޑު ޢާއިލާއާއި ޙަވާލުކުރީ އިއްޔެ އެވެ.

ހިޝާމްގެ ޖަނާޒާގެ ކަންކަން ނިންމައި، އިއްޔެ އަސުރު ނަމާދަށްފަހު އާސަހަރާގައި ވަނީ ވަޅުލާފައެވެ.

ފާހަގަކޮށްލެވޭ ކަމަކީ، ފަހަކަށް އައިސް ގޮތް ނޭނގޭ މަރުތަކާއި މަރުވެފައި އޮއްވާ މީހުން ފެނުމުގެ މައްސަލަތައް އިތުރުވެފައިވާކަމެވެ. މިފަދަ ބައެއް މަރުތަކުގެ ސަބަބު ދެނެގަތުމަށް ޕޯސްޓްމޯޓަމް ހަދަމުން އަންނަ ނަމަވެސް، ބައެއް ހާލަތްތަކުގައި ޕޯސްޓްމޯޓަމް ނުހަދާ ވަޅުލާ މައްސަލަތައް ވެސް ފާހަގަކުރެވިފައިވެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%