މަސްތުވެފައި ހުރި މީހަކު ފެނިއްޖެނަމަ ރިޕޯޓްކުރަން އަންގައިފި

އަހްމަދު އީޒާން | 3 ގަޑިއިރު ކުރިން - 30 އޭޕްރިލް 2025 12:16
އެންޑީއޭގެ ބައްދަލުވުމެއް ކުރިއަށް ގެންދަނީ / ފޮޓޯ: އެންޑީއޭ
އެންޑީއޭގެ ބައްދަލުވުމެއް ކުރިއަށް ގެންދަނީ / ފޮޓޯ: އެންޑީއޭ
ޚުލާސާ

ޕާޓީކުރުމާއި މަސްތުގެ ހާލަތުގައި ތިބޭ ފަރާތްތައް މަގުމަތީގައި ތިބޭ މަންޒަރު ފާހަގަކުރެވިއްޖެ ނަމަ 911 އަށް ގުޅައި އެކަން ރިޕޯޓުކުރުމަށް އެންޑީއޭއިން ވަނީ އެދިފައި.

މަސްތުގެ ހާލަތުގައި ތިބޭ މީހުން މަގުމަތިން ފެންނަ ނަމަ އަވަހަށް ރިޕޯޓްކުރަން ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އިން މިއަދު އެެދެފި އެވެ. 

އެންޑިއޭ އިން ނެރުނު ނޫސްބަޔާނުގައި ބުނީ ފާއިތުވި ދުވަސްތަކުގައި މާލޭގެ އިތުރުން އަތޮޅުތެރޭގެ ބައެއް ރަށްރަށުގެ މަގުމަތީގައި މަސްތުގެ ހާލަތުގައި ތިބޭ މީހުންގެ ތެރެއިން ބައެއް މީހުންގެ ފޮޓޯ އާއި ވީޑިއޯ ފަތުރަމުންދިޔުމާއި އެފަދަ މީހުން ކުށްކުރުމާއި ގުޅިގެން އެ މީހުން ހިފަހައްޓައި, އަނިޔާކުރުމާއި އަދި ވީޑިއޯކޮށް ސޯޝަލް މީޑިއާގައި ފަތުރަމުންދާ މައްސަލާގައި ރައްޔިތުންގެ ކަންބޮޑުވުންތައް އެ އިދާރާގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

ޕާޓީކުރުމާއި މަސްތުގެ ހާލަތުގައި ތިބޭ ފަރާތްތައް މަގުމަތީގައި ތިބޭ މަންޒަރު ފާހަގަކުރެވިއްޖެ ނަމަ 911 އަށް ގުޅައި އެކަން ރިޕޯޓުކުރުމަށް އެންޑީއޭއިން ވަނީ އެދިފަ އެވެ. ނުވަތަ އެ އެެޖެންސީގެ ހޮޓްލައިން 1410 އަށް ގުޅައި ކަންބޮޑުވުންތައް ހިއްސާކުރެވޭނެ ކަމަށް ވެސް ބުންޏެވެ.

އެންޑީއޭ އިން ބުނީ މަސްތުވާތަކެތީގެ މައްސަލައަކީ މުޅި މުޖުތަމައުގެ އެހީތެރިކަމާ ބައިވެރިވުން ލިބި، ޝާމިލްގޮތެއްގައި މަސައްކަތްކޮށްގެން ނޫނީ ހައްލުކުރެވޭނެ ކަމަކަށް ނުވާތީ އެ މައްސަލަ ހައްލުކުރުމަށްޓަކައި އާންމުންގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވާ ކަމަށެވެ.

މަސްތުވާތަކެތި ބޭނުންކުރުމަކީ ޖިނާއީ ކުށެއްގެ އިތުރުން ސިއްހަތަށް ގެއްލުން ހުރި އަދި ފުރާނައަށް ނުރައްކާވުމުގެ ފުރުސަތު އޮތް ކަމެކެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%