ރައީސުލްޖުމްހޫރިއްޔާ މެލޭޝިއާއަށް ކުރެއްވި ތާރީޚީ ދަތުރުފުޅު ނިންމަވާލައްވައިފި

ހުސައިން އިސްމާއިލް | 3 ގަޑިއިރު ކުރިން - 30 އޭޕްރިލް 2025 11:06
މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމްގެ ދަޢުވަތަކަށް ރައީސް ޑރ. މުޢިއްޒު މެލޭޝިއާއަށް ވަޑައިގެންނެވުމުން އެމަނިކުފާނަށް މަރުޙަބާ ދެންނެވުން.
މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމްގެ ދަޢުވަތަކަށް ރައީސް ޑރ. މުޢިއްޒު މެލޭޝިއާއަށް ވަޑައިގެންނެވުމުން އެމަނިކުފާނަށް މަރުޙަބާ ދެންނެވުން.
ޚުލާސާ

މި ދަތުރުފުޅުގައި ރައީސް މުޢިއްޒާއެކު ކެބިނެޓް ވަޒީރުންނާއި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފިއެވެ. މި ދަތުރުފުޅަކީ މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމްގެ ދަޢުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ.

މި މަހުގެ 27 ވަނަ ދުވަހު ފެށްޓެވި މި ދަތުރުފުޅުގައި އިއްޔެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ މެލޭޝިއާއިން ރައީސް މުޢިއްޒަށް އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފު އެރުއްވިއެވެ.

އެމަނިކުފާނު ވަނީ އެ ޔުނިވާސިޓީގައި ތަޤްރީރު ވެސް ކުރައްވާފައެވެ. މިއީ ރާއްޖޭގެ ރައީސަކު އެ ޔުނިވާސިޓީގައި ތަޤްރީރު ކުރެއްވި ފުރަތަމަ ފަހަރެވެ.

ޔުނިވަރސިޓީ މެލޭޝިއާއިން ރައީސް މުޢިއްޒަށް އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފު އެރުވުން.

މި މަހުގެ 27 ވަނަ ދުވަހު ފެށްޓެވި މި ދަތުރުފުޅުގައި ރައީސް މުޢިއްޒު ވަނީ މެލޭޝިއާގެ އިސްވެރިންނާއި ބައްދަލުކުރައްވައި މުހިންމު މަޝްވަރާތަކެއް ކުރައްވާފައެވެ.

ޞިއްޙީ، ކުޅިވަރު، ތަޢުލީމު އަދި ޑިޕްލޮމެޓުން ތަމްރީނުކުރުމުގެ ދާއިރާތަކުން އެއްބާރުލުން ދިނުމުގެ އެއްބަސްވުންތަކެއްގައި ސޮއި ވެސް ކުރެއްވިއެވެ.

މި ދަތުރުފުޅުގެ ތެރޭގައި ރާއްޖެ-މެލޭޝިއާ އިންވެސްޓްމަންޓް ފޯރަމް ވެސް ބޭއްވިއެވެ. އަދި މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނާއި ބައްދަލުކުރައްވައި، ދިވެހި އައިޑީ ކާޑާއި ޕާސްޕޯޓް ހެއްދޭނެ ޚިދުމަތް ރަސްމީކޮށް އިފްތިތާޙުކުރެއްވިއެވެ.

މީގެ އިތުރުން މެލޭޝިއާގައި ހުންނަ ދިވެހި ހައި ކޮމިޝަނަށާއި ޓްވިން ޓަވަރަށް ޒިޔާރަތްކުރެއްވިއެވެ.

ރައީސް ޑރ. މުޢިއްޒު ޓްވިން ޓަވަރަށް ޒިޔާރަތްކުރެއްވުން.

މި ދަތުރުފުޅުގައި ރައީސް މުޢިއްޒާއެކު ކެބިނެޓް ވަޒީރުންނާއި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%