ޔޫތު މިނިސްޓަރު މާލޭގެ މަދަނީ ޖަމިއްޔާތަކާއި ބައްދަލުކުރައްވައިފި

އަހްމަދު އީޒާން | 57 ދުވަސް ކުރިން - 12:52
ޚުލާސާ

ޒުވާނުންގެ އިތުރުވެހި (ކުރީގެ މުލިއާގެ ވެހިކަލް ގަރާޖު)ގައި އިއްޔެ ހަވީރު ބޭއްވި މި ބައްދަލުވުމުގައި 100 އަށް ވުރެ ގިނަ މަދަނީ ޖަމިއްޔާއަކުން ބައިވެރިވި.

ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު މާލޭގެ މަދަނީ ޖަމްއިއްޔާތަކާ އިއްޔެ ބައްދަލުކުރައްވައިފި އެވެ.

ޔޫތު މިނިސްޓްރީން ބުނީ ޒުވާނުންގެ އިތުރުވެހި (ކުރީގެ މުލިއާގެ ވެހިކަލް ގަރާޖު)ގައި އިއްޔެ ހަވީރު ބޭއްވި މި ބައްދަލުވުމުގައި 100 އަށް ވުރެ ގިނަ މަދަނީ ޖަމިއްޔާއަކުން ބައިވެރިވެފައިވާ ކަމަށެވެ.

މަދަނީ ޖަމިއްޔާތަކުން ހިންގާ މުޖުތަމައު ބާރުވެރިކުރުމުގެ މަޝްރޫއުތަކާއި ހަރަކާތްތައް ހިންގުމަށް ފައިސާގެ އެހީ ދިނުމަށް ނިންމާ މިދިޔަ އަހަރުގެ މެއި މަހު އެކަން އިއުލާންކޮށްފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

ކުދި، މެދު އަދި ބޮޑެތި މަޝްރޫއުތަކާއި ހަރަކާތްތައް ހިންގުމަށް ވެސް އެހީ ދޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

"މަދަނީ ޖަމްއިއްޔާތަކަށް އެހީ ދިނުމުގެ މައިގަނޑު މަގުސަދަކީ މުޖުތަމައު ބާރުވެރިކުރުމަށް މަދަނީ ޖަމިއްޔާތަކުން ކުރަމުންދާ މަސައްކަތްތައް ފާހަގަކޮށް، އެފަދަ މަސައްކަތްތަކަށް އެއްބާރުލުންދީ، އެހީތެރިކަން ފޯރުކޮށްދިނުމާ އެކު ގައުމީ ތަރައްގީގައި މަދަނީ ޖަމިއްޔާތަކުގެ ދައުރު ފުޅާ ކުރުމެވެ،" ޔޫތު މިނިސްޓްރީން ބުންޏެވެ.

އިއްޔެގެ ބައްދަލުވުމުގައި ބައެއް މަދަނީ ޖަމިއްޔާތަކުން ވަނީ ޖަމިއްޔާތަކުން ޕްރޮގްރާމްތައް ހިންގުމަށް ޖާގައެއް ނެތްކަން ފާހަގަކޮށްފަ އެވެ. އެކަމާއި ގުޅިގެން މިނިސްޓަރު ވިދާޅުވީ، އެ މައްސަލައަށް ހައްލެއް ލިބޭނެ ކަމަށެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%