އިސްރާއީލުން ޣައްޒާގެ އެކި ދިމަދިމާލަށް ޙަމަލާތައް ކުރިޔަށް، ޝަހީދުންގެ ޢަދަދުތައް އިތުރުވަނީ

ހުސައިން އިސްމާއިލް | 3 ގަޑިއިރު ކުރިން - 09:10
އިސްރާއީލުން މިހާރު ދެމުންދާ ޙަމަލާތަކުގައި ޝަހީދުވެފައިވާ ބައެއް ޝަހީދުންގެ ކައިރީގައި މީހަކު މަޑުކޮށްލައިގެން: ޙަމަލާތައް ހުއްޓާލާނީ ރަހީނު ކޮށްފައިވާ އެންމެން މިނިވަން ކުރުމުން ކަމަށް އިސްރާއީލުން ބުނޭ.
އިސްރާއީލުން މިހާރު ދެމުންދާ ޙަމަލާތަކުގައި ޝަހީދުވެފައިވާ ބައެއް ޝަހީދުންގެ ކައިރީގައި މީހަކު މަޑުކޮށްލައިގެން: ޙަމަލާތައް ހުއްޓާލާނީ ރަހީނު ކޮށްފައިވާ އެންމެން މިނިވަން ކުރުމުން ކަމަށް އިސްރާއީލުން ބުނޭ.
ޚުލާސާ

އެއްވެސް އިންޒާރެއް ދިނުމަކާއި ނުލައި ދެމުންދާ ޙަމަލާތަކުގައި މިހާތަނަށް 232 މީހުން ޝަހީދުވެއްޖެ. ހުރިހާ ރަހީނުން ދޫކޮށް ނިމެންދެން ލޭއޮހޮރުވުން ކުރިޔަށް ގެންދާނެ ކަމަށް ޒައެނިސްޓުން ބުނެފި.

އިސްރާއީލުގެ ޒައެނިސްޓުން ފަތިހުއްސުރެ ޣައްޒާގެ ޢާންމުންނަށް ދެމުންދާ ޙަމަލާތައް މިހާރު ވަރުގދަކޮށްފައިވާއިރު އެކި ދިމަދިމާލަށް، ޖެހުނު ކޮންމެ ތަނަކަށް ދަނީ ޓޭންކަރުތަކުން ޙަމަލާތައް ދެމުންނެވެ.

މިވަގުތާއި ހަމަޔަށް 232 މީހުން ޝަހީދުވެފައިވާ ކަމަށް އަލްޖަޒީރާއިން ބުނެއެވެ. ނުރަސްމީ ބައެއް ޗެނަލް ތަކުން ބުނާ ގޮތުގައި ޣައްޒާގެ އެއްވެސް ހިސާބެއްގައި އެއްވެސް ރައްޔިތަކަށް އަމާންކަމެއް ނޯންނާނެ ކަމަށް އިސްރާއީލުން ދަނީ ބުނަމުންނެވެ.

އދ.ގައި ހުންނަވާ އިސްރާއީލުގެ ސަފީރު ޑެނީ ޑެނަން ވަނީ ޣައްޒާއަށް ދިން އަނިޔާވެރި ވައިގެ ހަމަލާތައް ދިފާއުކޮށްފަ އެވެ. އޭނާ ބުނީ ޣައްޒާގައި ހިނގަމުންދާ ހަނގުރާމަ ހުއްޓުވަން ބޭނުންނަމަ، ރަހީނުކޮށްފައިވާ މީހުން އަނބުރާ އިސްރާއީލަށް އަންނަކަން ކަށަވަރުވާން ޖެހޭނެ ކަމަށާއި، އެންމެން ޙަވާލު ނުކުރަނީސް ހަމަލާތަކަށް ހުއްޓުމެއް ނެތެވެ.

މިއީ އިސްރާއީލުން ހަނގުރާމަ ހުއްޓައިލުމަށް ވެފައިވާ އެއްބަސްވުމާއި ޚިލާގު ކަމެކެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%