ނަމާދުގެ ކަސްރަތާއެކު މުޅި މި އަހަރު އަމާންކޮށްދީ ދުޅަހެޔޮ ކޮށްދޭނެ

ހުސައިން އިސްމާއިލް | 73 ދުވަސް ކުރިން - 09:48
ޚުލާސާ

ދުޅަހެޔޮ ދިރިއުޅުމަކަށް ކަސްރަތު ކުރުމަކީ ވަރަށް މުހިންމު ކަމެއް. އެންމެ ރަނގަޅު، ހުރިހާ ގޮތަކުން ޞިއްޙަތަށް އެންމެ ފައިދާވާ ކަސްރަތަކީ ފަރުޟު 5 ނަމާދު..

އާ އަހަރު ފަށައިގެން ފުރަތަމަ މަސް ދެބައިވީއެވެ. އަޅުގަނޑުމެން މިތިބީ ވޭޕާއި ވެސް ދުރުވެގެންނެވެ. އެހެންކަމުން ދެން ބަލަންވީ ފުރިހަމަ ޞިއްޙަތެއްގައި ތިބުމެވެ. ކިޑްނީ ބަލިތަކަށް އެއްބަޔަކު ޑޯނަރުން ގޮވައިގެން އެކި ޤައުމުތަކަށް ދަނީއެވެ. މިއަދު އާސަންދައިން ވެސް ކިޑްނީ ބަލި މީހުން ޔޫއޭއީ އަށާއި ތައިލެންޑަށް ރިފާ ކުރަން ނިންމައިފިއެވެ. އަޅުގަނޑުމެން ބަލަންވީ ޞިއްޙީ މައްސަލަތަކުން ދުރުވެ ދުޅަހެޔޮކޮށް ތިބެވޭތޯއެވެ. އެހެންކަމުން ސިއްހަތާއި ދިރިއުޅުމުގެ ވައްޓަފާޅި ރަނގަޅު ކުރެވޭނެ ގޮތްތައް ތައާރަފްކޮށްގެން މި ހިނގަމުންދާ އާ އަހަރު ޕޮޒިޓިވް ނޯޓެއްގައި ފަށަމާ ހިނގާށެވެ. ތިމާގެ ރޫޓިންއަށް މުހިންމު މަދު ކަންތައްތަކެއް އިތުރުކުރުމަކީ ފަސޭހަ އަދި ދުޅަހެޔޮ ދިރިއުޅުމެއް އުޅުމަށް އެހީތެރިވެދޭނެ ކަމެކެވެ.

އާ އަހަރަކީ އާ ފެށުމަކަށް ލިބޭ ފުރުސަތެކެވެ. މިހެންވުމުން ދުވަހުގެ ދިރިއުޅުމުގައި ސިއްހަތަށް ފައިދާހުރި އާދަތައް ގެންގުޅެގެން ބައެއް ހެޔޮ ބަދަލުތައް ގެނެވޭނެ ކަމަށް އެންޑީ ޓީވީން ބުންޏެވެ.

ރޯދަ ހިފުމުގެ އުސޫލުތަކާއި، ޑައިޓް ޕްލޭން ނުވަތަ ޤަވާއިދުން ކަސްރަތު ކުރުމުގެ އާދަ އަކީ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން އިތުރުކޮށްދޭ ކަމެކެވެ.

މިބާވަތުގެ ބަދަލުތަކުގެ ސަބަބުން ދިރިއުޅުމުގައި ހަރަކާތްތެރިވެ ހުރުމާއި، ކަންކަން މާބޮޑު އުނދަގުލަކާއި ނުލައި ފަސޭހައިން ކުރެވޭނެއެވެ. މޮޅު އަދި ފުރިހަމަ އަހަރެއް ހޭދަކުރުމަށް ބޭނުންތެރި މަޤްޞަދެއް އުފެއްދުމުގެ ސިފަތައް ލިބިގެންދެއެވެ.

މިތަނުގައި ޚުލާސާއިން ކިޔައިދެނީ 2025 ވަނަ އަހަރު ރަނގަޅު ސިއްހަތެއްގައި ހޭދަކުރުމަށް ތަބާވެވޭނެ ބައެއް އިރުޝާދުތަކުގެ ވާހަކައެވެ.

އާ އަހަރު ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ބައެއް އިރުޝާދުތައް

އާ އަހަރުގެ ފޯކަސް ދެމެހެއްޓުމަށާއި ކުރިއެރުންތައް ފައިދާހުރި ގޮތެއްގައި ޓްރެކް ކުރުމަށްޓަކައި ސްމާޓް ލަނޑުދަނޑިތައް (ވަކި، މިންކުރެވޭ، ހާސިލްކުރެވޭ، ވަގުތު ކަނޑައެޅިފައިވާ) ފަދަ އުކުޅުތައް ބޭނުންކުރުން.

ދުވަސް ފަށާނީ ހަށިގަނޑު ތެރެއަށް ފައިދާހިރި ދިޔާއެއްޗެހި އެތެރެކޮށްގެންނެވެ. ވަތަށް ސިމްޕަލްއެވެ. ފެންތައްޓަކަށް ލުބޯކޮޅެއް ފެލައިގެން ބުޔަސް ވަރަށް ރަނގަޅުވާނެއެވެ. ލުއި ކަސްރަތު، އަދި ދުވަސް ޕްލޭން ކުރުން ހިމެނޭ ގޮތަށް ރޫޓިން ކޮށްގެންނެވެ.

ފަތިސް ނަމާދުގެ ބަންގިއަށް ތެދުވެ ވުޟޫ ކުރުމަށްފަހު ސައިކަލުން މިސްކިތަށް ދިޔުމުގެ ބަދަލުގައި ފައިމަގު ޚިޔާރުކުރާށެވެ. ޖަމާޢަތް ހޯދާށެވެ. ގޭގައި ނަމާދުކުރާ މީހުންނާއި، މިސްކިތަށް ދިޔަ މީހުން ވެސް ހެނދުނުގެ ޛިކުރު ކުރުމަށްފަހު ކުޑަކޮށް ހަށިގަނޑު ހޫނުކޮށްލުމަށްޓަކައި ބޭސިކް ކަސްރަތު ކޮށްލާށެވެ. ރަނގަޅު ގޮތަކަށް މޯނިންގ ފަށައިފިނަ،ަ މުޅި ދުވަހު ވެސް ހަކަތަ ފުރިހަމަވެ އުފެއްދުންތެރި ވާނެ އެވެ.

ދުޅަހެޔޮ ދިރިއުޅުމަކަށް ކަސްރަތު ކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް.

ހާއްސަކޮށް ދުވާލުގެ ކުރީކޮޅު އަދި ފަހުކޮޅު ފޯނު ބޭނުންކުރުން މަދުކުރުން

ޑިޖިޓަލް ސްކްރީންތަކާއި ދުރަށް ފިޔަވަޅު އެޅުމަކީ ސްޓްރެސް ކުޑަވާނެ ކަމެކެވެ. ރަނގަޅަށް އަރާމު ނިންޖެއް ލިބޭނެ ކަމެކެވެ. އެކަމުގެ ސަބަބުން މުހިންމު މަސައްކަތްތަކަށް ފޯކަސް ކުރުމުގެ ގާބިލްކަން އިތުރުކޮށްދޭނެއެވެ.

ރަނގަޅު ކާނާ

ޑައިޓް ޕްލޭނަކާއެކު ކާނާ ކެއުމުން ފައިދާ ވާނީ ހަމައެކަނި ސިއްހަތަކަށް އެކަންޏެއް ނޫނެވެ. އޭގެ ފައިދާ، ދުޅަހެޔޮ ގުޅުމެއް އުފެއްދުމަށް ވެސް އެހީތެރިވެދޭނެއެވެ.

ލިޔުން

ސްޓްރެސް ކުޑަކުރުމަށް ލިޔުމަކީ ވެސް ވަރަށް މުހިންމު ކަމެކެވެ.

ކޮންމެ ދުވަހަކު ވެސް ކޮންމެވެސް މިންވަރެއް ލިޔާށެވެ. އެއީ ޚަތިމުން ބަލައިގެން ލިޔުން ކަމުގައި ވިޔަސް، ތިމާ ހިތްއެދޭ އެއްޗެއް ނުވަތަ އޮފީހުގެ މަސައްކަތެއްގެ ނުވަތަ ވަޒީފާއެއްގެ ގޮތުން ލިޔުނު ކަމުގައި ވިޔަސް މެއެވެ.

ގަވާއިދުން އަމިއްލަ ނަފްސު ޖަވާބުދާރީ ކުރުވުމަކީ ހެޔޮ ވިސްނުމެއް ދެމެހެއްޓުމަށާއި ދިރިއުޅުމުގެ ގޮންޖެހުންތަކާއި ރަނގަޅަށް ކުރިމަތިލުމަށް އެހީތެރިވެދޭ ކަމެކެވެ.

ދުވަހުން ދުވަހަށް ތަފްސީލު ލިޔުމަކީ ސިއްހަތަށް ފައިދާހުރި ކަސްރަތެއް

ވުޟޫ އާއި ނަމާދު

ދުޅަހެޔޮ ދިރިއުޅުމަކަށް ކަސްރަތު ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. ހިނގުމުގައި ވިޔަސް، ނުވަތަ ގަވާއިދުން ޖިމް ވޯކްއައުޓެއް ކުރިޔަސް ފިޒިކަލީ އެކްޓިވް ވުމަކީ މޫޑު ރަނގަޅުކޮށްދޭ ކަމެކެވެ. އެންމެ ރަނގަޅު، ހުރިހާ ގޮތަކުން ޞިއްޙަތަށް އެންމެ ފައިދާވާ ކަސްރަތަކީ ފަރުޟު 5 ނަމާދެވެ.

ސާފުތާހިރުކަމަށް ޚާއްޞަ ސަމާލުކަމެއް ދޭށެވެ. ގިނަގިނައިން ވުޟޫ ކުރުމަކީ ނަފްސާނީ ސިއްޙަތު ރަނގަޅުކޮށްދީ، ޞިއްޙީ ގިނަގުނަ ފައިދާތައް އެކުލެވޭ ކަމެކެވެ.

މިބުނި ގޮތަށް ޚުލާސާގެ ލައިފްސްޓައިލް އަށް ޢަމަލުކޮށްފިނަމަ މި އަހަރަކީ ގޭގައި ނުވަތަ މަސައްކަތުގެ މާހައުލު އިންތިޒާމުކޮށްގެން، އަމާން މާހައުލެއް ގާއިމްކޮށްލެވޭނެ އަހަރަކަށް ހަދައިލެވޭނެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%