ރައީސް މުޢިއްޒުގެ ސަރުކާރަކީ ރައްޔިތުންގެ އަޑު އަހާ ސަރުކާރެއް: މެންބަރު އަނާރާ

އައިޝަތު ރުވާ ރިފްޢަތު | 91 ދުވަސް ކުރިން - 19:35
ރައީސް ގުޅީ ރައްޔިތުންނާއި ބައްދަލު ކުރެއްވުމަށް ބޭއްވި ޖަލްސާގައި މެންބަރު އަނާރާ ވާހަކަ ދައްކަވަނީ/ ފޮޓޯ: ރައީސް އޮފީސް
ރައީސް ގުޅީ ރައްޔިތުންނާއި ބައްދަލު ކުރެއްވުމަށް ބޭއްވި ޖަލްސާގައި މެންބަރު އަނާރާ ވާހަކަ ދައްކަވަނީ/ ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ސަރުކާރަށް މިވީ އަހަރެއްހައި ދުވަހުގެ ތެރޭގައި ފެނިގެން ދިޔައީ، ރައްޔިތުންގެ އިޙްސާސްތައް ދަނެގެން، ރައްޔިތުންގެ އަޑުއަހައި ރައްޔިތުންނާއި ވަރަށް ގާތުން މަސައްކަތްކުރައްވާ މަންޒަރުކަމަށް މެންބަރު އަނާރާ ވިދާޅުވި.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރަކީ ރައްޔިތުންގެ އަޑު އަޑުއަހައި، ރައްޔިތުންގެ އިޙްސާސްތަކަށް އިސްކަންދޭ ސަރުކާރެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނަޢީމް ވިދާޅުވެއްޖެއެވެ.

މެންބަރު އަނާރާ މިފަދައިން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކ. ގުޅީ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް މިއަދު ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އަނާރާ ވިދާޅުވީ، ސަރުކާރަށް މިވީ އަހަރެއްހައި ދުވަހުގެ ތެރޭގައި ފެނިގެން ދިޔައީ، ރައްޔިތުންގެ އިޙްސާސްތައް ދަނެގެން، ރައްޔިތުންގެ އަޑުއަހައި ރައްޔިތުންނާއި ވަރަށް ގާތުން މަސައްކަތްކުރައްވާ މަންޒަރުކަމަށެވެ. އަދި ރައްޔިތުންނާއި ގުޅުންހުރި ބޮޑެތި މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން މުހިންމު ފިޔަވަޅުތަކެއް އަޅުއްވަމުން ގެންދަވާކަމަށް ވެސް އަނާރާ ވިދާޅުވިއެވެ.

"ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގެ އެންމެ ކުރީކޮޅު ހުރާ ދާއިރާގައި ހިމެނޭ ހުރިހާ ރަށަކަށް ވަޑައިގެން ރައްޔިތުންނާއި ކައުންސިލްތަކާއި ބައްދަލުކުރެއްވި ކުރެއްވުމަކީ ލިބިވަޑައިގެންނެވި އުފަލެއް،" އަނާރާ ވިދާޅުވިއެވެ.

މި ސަރުކާރުން މަސައްކަތް ކުރަމުންދަނީ ރައްޔިތުންގެ ފުދުންތެރިކަން އިތުރުކޮށް، ހަމަޖެހުމާއި އުފާވެރިކަން ގެނެސްދިނުމަށް ކަމަށް އަނާރާ ފާހަގަ ކުރެއްވިއެވެ. އެގޮތުން ގުޅީ ކައިރީގައި ސަރުކާރުން ކުރިއަށްގެންދާ ރަސްމާލެ މަޝްރޫޢަކީ އެކަމުގެ މަންފާ އެ ރަށުގެ ރައްޔިތުންނަށް ލިބިގެންދާނެ މަޝްރޫޢެއްކަން ވެސް އަނާރާ ފާހަގަކުރެއްވިއެވެ.

"ސަރުކާރުން ނިންމާ ކޮންމެ ނިންމުމެއް، އަޅުއްވާ ކޮންމެ ފިޔަވަޅެއް އެ އަޅުއްވަނީ ރައްޔިތުންގެ ލާބަޔާއި މަންފާއަށް ކަމާއިމެދު އަޅުގަނޑަށް އިތުބާރު އެބައޮތް،" މެންބަރު އަނާރާ ވިދާޅުވިއެވެ.

މީގެއިތުރުން، ގުޅިއަށް މިވަގުތު އެންމެ ބޭނުންޖެހިފައިވާ ކަންކަމުގެ ތެރޭގައި ބިމުގެ ޖާގައިގެ ދަތިކަމާއި، ބޯހިޔާވަހިކަމުގެ މައްސަލަ ހިމެނޭކަމަށް މެންބަރު އަނާރާ ފާހަގަ ކުރެއްވިއެވެ. އަދި އައު މިސްކިތަކާއި، ލެބޯޓްރީގެ ޚިދުމަތާއި، ހުއްޓިފައިވާ ސްކޫލު އިމާރާތުގެ މަސައްކަތް އަލުން ފެށިގެން ދިއުމަކީ ގުޅީ ރައްޔިތުންގެ އެދުމެއް ކަމަށްވެސް މެންބަރު ވިދާޅުވިއެވެ.  

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%