ލަންކާ ސަރަހައްދުގައި އޮތް ކޮޅިގަނޑު ރާއްޖެ މަތީގައި އޮތް ކޮޅިގަނޑާއި ގުޅި އުފެދުނު ޕްރެޝަރުގެ ސަބަބުން ގަޑިއިރެއްގެ ތެރޭގައި މާލެއަށް 60 މިލިމީޓަރުގެ ވާރޭ ވެހި ވެލާނަ އިންޓަރނޭޝަންލްގެ އޮޕަރޭޝަންސް ތަކަށް ވެސް ބުރޫ އަރައިފިއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި މާލޭގައި ރެކޯޑް އަދަދަކަށް ވާރޭ ވެހިފައިވާއިރު، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 162 މިލިމީޓަރުގެ ވާރޭ ވެހިފައިވެ އެވެ. ފާހަގަކޮށްލެވޭ ގޮތުގައި ހަވީރު 5:00 އިން ހަވީރު 6:00 އަށް އެންމެ ގަޑިއިރެއްގެ ތެރޭގައި 60 މިލިމީޓަރުގެ ވާރޭ ވެހިފައިވާއިތރު، މީގެ ކުރިން މިމޢަދަދެއް ރެކޯޑް ކުރެވިފައެއް ނުވެއެވެ..
އަތޮޅުތެރޭގެ ރަށްތަކަށް ބަލާއިރު އެންމެ ގިނައިން ވާރޭވެހިފައިވަނީ އދ.މާމިގިއްޔަށެވެ. އެގޮތުން އެރަށަށް 135 މިލިލީޓަރުގެ ވާރޭ ވެހިފައިވާކަމަށް މެޓު އޮފީހުން ވިދާޅުވެއެވެ. އަދި ލ.ކައްދޫއަށް 92 މިލިލީޓަރުގެ ވާރޭވެހިފައިވާކަމަށްވެސް އެ އިދާރާއިން ވިދާޅުވެއެވެ.
ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ މެދުތެރޭގެ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވެ އެވެ. މިރޭ 11:00 ޖަހަންދެން ބައެއް ހިސާބު ތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް އޮރެންޖް އެލާޓް ނެރެފައިވާއިރު، މި މުއްދަތުގައި ދަތުރު ނުކުރުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.
ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން މާލޭގައި ވަރަށް ބޮޑަށް ފެންބޮޑުވެ، ފިހާރަތަކާއި ގެދޮރު ވަނީ ފެންބޮޑުވެފައެވެ. މާލޭގެ އެކި ހިސާބުތަކުން ފެން ޕަމްޕް ކުރުމަށް ސިފައިން ދަނީ ހަރަކާތްތެރިވަމުންނެވެ.
ހަތަރު އަތޮޅެއްގައި ފެންބޮޑުވެފައިވާއިރު، ހަ ރަށަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން ބުނެ އެވެ.