އެމެރިކާގެ ކުރީގެ ރައީސް ކާޓަރ އަވަހާރަވުމާ ގުޅިގެން ރައީސް މުޢިއްޒުގެ ތައުޒިޔާ

އާނާ ފަހީމް | 114 ދުވަސް ކުރިން - 30 ޑިސެންބަރު 2024 19:48
އެމެރިކާގެ ކުރީގެ ރައީސް ޖޭމްސް އާލް ކާޓަރ ޖޫނިއަރ އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު.
އެމެރިކާގެ ކުރީގެ ރައީސް ޖޭމްސް އާލް ކާޓަރ ޖޫނިއަރ އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު.
ޚުލާސާ

އެމެރިކާގެ ކުރީގެ ރައީސް ޖޭމްސް ކާޓަރ އަވަހާރަވުމާ ގުޅިގެން ރައީސް މުޢިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އެމެރިކާގެ ސަރުކާރަށާއި ރައްޔިތުންނަށް ތައުޒިޔާ ފޮނުއްވާފައި.

އެމެރިކާގެ ކުރީގެ ރައީސް ޖޭމްސް އާލް ކާޓަރ ޖޫނިއަރ އަވަހާރަވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެމެރިކާގެ ސަރުކާރަށާއި ރައްޔިތުންނަށް ތައުޒިޔާ ފޮނުއްވައިފިއެވެ.

ރައީސް އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައިވަނީ، ކުރީގެ ރައީސް ޖޭމްސް އާލް ކާޓަރ ޖޫނިއަރ އަވަހާރަވިކަން އެނގިވަޑައިގެންނެވީ ވަރަށް ބޮޑު ހިތާމައަކާއެކުގައި ކަމަށެވެ.

"މި ޤައުމީ ގެއްލުމުގެ ވަގުތުގައި، އެމެރިކާގެ ރައްޔިތުންނަށާއި ސަރުކާރަށް، އަދި ޚާއްޞަކޮށް ކުރީގެ ރައީސް ކާޓަރުގެ ލޮބުވެތި ޢާއިލާއަށް ފުން ހަމްދަރުދީ ފާޅުކުރުމުގައި، ދިވެހި ސަރުކާރާއި ރައްޔިތުން އަޅުގަނޑާ ގުޅިވަޑައިގަންނަވައެވެ." ރައީސްގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.

ރައީސް ކާޓަރަކީ އެމެރިކާގެ 39 ވަނަ ރައީސެވެ. އޭނާ އަވަހާރަވީ 98 އަހަރުގައި، އެމެރިކާގެ ޖޯޖިއާ ސްޓޭޓްގެ ޕްލެއިންސް ސިޓީގައި ހުންނަ އޭނާގެ ގޭގައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%