ވެއްޓުނު ޒުވާނާގެ މައްސަލައިގައި މިއަދު ނޫސްވެރިންގެ ބައްދަލުވުމެއް

އުސްތާޛް މުޙައްމަދު ޢަލީ | 2 ގަޑިއިރު ކުރިން - 24 އޭޕްރިލް 2025 08:21
ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު: މިއަދުގެ ނޫސްވެރިންގެ ބައްދަލުވުން އޮތީ 10 ޖަހާއިރު.
ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު: މިއަދުގެ ނޫސްވެރިންގެ ބައްދަލުވުން އޮތީ 10 ޖަހާއިރު.
ޚުލާސާ

ފުލުހުން މިހާތަނަށް މި މައްސަލައާ ގުޅޭ ބައެއް މަޢުލޫމާތު ހާމަކޮށްފައިވީ ނަމަވެސް، ހާދިސާ ތަހްގީގުކުރަމުންދާތީވެ، ތަހުގީގަށް ހުރަސް އެޅިދާނެ މުހިންމު މައުލޫމާތުތައް ހާމައެއް ނުކުރޭ.

އިމާރާތެއްގެ މަތިން މަސްތުގެ ހާލަތުގައި ހުރި ކަމަށް ބުނާ ޒުވާން އަންހެނަކު ވެއްޓުނު މައްސަލައާއި ގުޅިގެން ފުލުހުންގެ އިސްވެރިން މިއަދު ނޫސްވެރިންނާއި ބައްދަލުކުރުމަށް ނިންމައިފިއެވެ. ފުލުހުން ބުނީ މި ބައްދަލުވުމުގައި ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު އާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ބައިވެރިވެވަޑައިގަންނަވާނެ ކަމަށާއި، ބައްދަލުވުން އޮންނާނީ މިއަދު ހެނދުނު 10:00 ގައެވެ.

ހެންވޭރު ގެއެއްގެ ފުރާޅުމައްޗަށް 21 އަހަރުގެ ޒުވާން އަންހެންކުއްޖާ ވެއްޓުނީ ހުކުރު ދުވަހުގެ ރޭގައެވެ. އެ ޒުވާނާގެ ހާލަތު މިހާރުވެސް ސީރިއަސްކަމަށް އައިޖީއެމްއެޗްއިން ބުނެފައިވެއެވެ.

ފުލުހުން މިހާތަނަށް މި މައްސަލައާ ގުޅޭ ބައެއް މަޢުލޫމާތު ހާމަކޮށްފައިވީ ނަމަވެސް، ހާދިސާ ތަހްގީގުކުރަމުންދާތީވެ، ތަހުގީގަށް ހުރަސް އެޅިދާނެ މުހިންމު މައުލޫމާތުތައް ހާމައެއް ނުކުރެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%