އިންޑިއާގެ ކަޝްމީރުގައި ހިންގި ޓެރަރިސްޓް ހަމަލާއިން ސިހުން ލިބުނު ކަމަށާއި އެ ހާދިސާގައި ގިނަ ބަޔަކު މަރުވުމުން ހިތާމަކުރައްވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް ޑރ. މުއިއްޒު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޕަހަލްގާމްގައި ހިންގި ނުރައްކާތެރި ޓެރަރިޒަމްގެ ހަމަލާގައި އެއްވެސް ކުށެއްނެތް ނެތް ބަޔަކު މަރުވެ, ގިނަ ބަޔަކު ޒަހަމްވި ޚަބަރުން ސިހުން ލިބިވަޑައިގެންފައިވާ ކަމަށާއި އެކަމާ ވަރަށް ބޮޑަށް ހިތާމަކުރައްވާ ކަމަށެވެ.
ދިވެހި ސަރުކާރުން ޓެރަރިޒަމާ ދެކޮޅަށް ކުރާ މަސައްކަތުގައި ސާބިތުކަމާއެކު އެމަނިކުފާނު ދެމިހުންނަވާނެ ކަމުގެ ޔަގީންކަން ވެސް ދެއްވަމުން ރައީސް ވިދާޅުވީ މި ދަތި އުނދަގޫ ވަގުތުގައި އަނިޔާ ލިބުނު މީހުންނާއި އެމީހުންގެ އާއިލާތަކާ މެދުގައި ފިކުރުކުރައްވާ ކަމަށެވެ.
މި ހަމަލާ އަމާޒުކޮށްފައި ވަނީ ކަޝްމީރުގެ މައި ސިޓީ ކަމަށްވާ ސްރީނަގަރާ ގާތްގަނޑަކަށް 90 ކިލޯމީޓަރު ދުރުގައި އޮންނަ ޕަހަލްގަމްގައި އުޅުނު ޓޫރިސްޓުންގެ ބަޔަކަށެވެ. އެ ހާދިސާގައި 24 މީހަކު ވަނީ މަރުވެފަ އެވެ.