ތުރުކީވިލާތުގެ އިސްތަނބޫލަށް ބިންހެލުންތަކެއް އައިސްފިއެވެ.
ރާއްޖޭ ގަޑިން މިއަދު މެންދުރުފަހު 2:49 ގައި ތުރުކީގެ އެންމެ ބޮޑު ސިޓީ ކަމުގައިވާ އިސްތަންބޫލާ ކައިރި މަރްމަރާ ކަނޑަށް އައީ ރިކްޓަރ ސްކޭލްގައި 6.2 ގައެވެ. ނަމަވެސް ޖަރުމަނުގެ ޖީއެފްޒެޑްއިން ރެކޯޑްކޮށްފައިވަނީ 6.02 ގައެވެ.
ބިންހެލުން އައީ އިސް ތަންބޫލުގެ ދެކުނުން، ކަނޑުގެ އަޑިން 10 ކިލޯމީޓަރު އަޑިންނެވެ. މި ބިންހެލުން އިސްތަންބޫލާއި އެ ސަރަހައްދުގެ އެހެން ޕްރޮވިންސްތަކުގައިވެސް ވަރަށް ބޮޑަށް އިހުސާސްކުރެވުނު ކަމަށް ހަބަރުތައް ބުނެއެވެ.
މީހުން ބިރުން އިމާރާތްތަކުން ނުކުމެ، ރައްކާތެރިކަމަށްޓަކައި މިހާރު ތިބީ މަގުމަތީގައވެ.
ބިންހެލުން ވަރުގަދަ ކަމުގައިވީ ނަމަވެސް، މިހާތަނަށް އެއްވެސް މީހަކަށް އަނިޔާއެއްވި ކަމެއް ނުވަތަ މުދަލަކަށް ގެއްލުމެއްވި ކަމެއް ރިޕޯޓުކުރެވިފައެއް ނުވެއެވެ.