މާލޭގެ 6 ކޮފީޝޮޕަކުން ގަވާއިދާ ޚިލާފަށް މަސައްކަތް ކުރަމުންދިޔަ 5 ބިދޭސީން އަތުލައިގެންފި

އައިޝަތު ރުވާ ރިފްޢަތު | 3 ދުވަސް ކުރިން - 15:21
ފޮޓޯ: އިމިގްރޭޝަން
ފޮޓޯ: އިމިގްރޭޝަން
ޚުލާސާ

މި ސަރުކާރުން ވެރިކަމާ ޙަވާލުވި ފަހުން، ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅެމުން އަންނަ ބިދޭސީން ހޯދައި މިހާތަނަށް 5,000 އަށްވުރެ ގިނަ ބިދޭސީން ވަނީ ޑިޕޯޓް ކޮށްފައި.

މާލޭގައި ހިންގި އޮޕަރޭޝަނެއްގައި 6 ކޮފީޝޮޕެއް ބަލައި ފާސްކޮށް، ގަވާއިދާ ޚިލާފަށް މަސައްކަތް ކުރަމުންދިޔަ 5 ބިދޭސީން އަތުލައިގަނެ، އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އިމިގްރޭޝަނުން މަޢުލޫމާތު ދިންގޮތުގައި، މި އޮޕަރޭޝަނަކީ ޓާސްކުފޯހުން މާލޭގެ ކޮފީ ޝޮޕްތަކަށް ޚާއްޞަކޮށްގެން ހިންގި ރެއިޑު އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަންގައި 6 ތަނެއް ބަލައި ފާސްކޮށް، ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ 5 ބިދޭސީން ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައެވެ.

މި އޮޕަރޭޝަނަކީ ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ބައެކެވެ. އިމިގްރޭޝަނުން ބުނީ މިފަދަ އޮޕަރޭޝަންތައް ކުރިއަށް އޮތް ތަނުގައިވެސް ހުއްޓުމެއްނެތި ކުރިއަށްދާނެ ކަމަށެވެ. އަދި ގަވާއިދާ ޚިލާފަށް ބިދޭސީން ގެންގުޅޭ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އަޅާނެ ކަމަށްވެސް އިމިގްރޭޝަނުން ބުންޏެވެ.

އިމިގްރޭޝަން ކޮންޓްރޯލަރ މުޙައްމަދު ޝައްމާން ކުރިން ވިދާޅުވެފައިވަނީ، ސަރުކާރުގެ އަމާޒަކީ ތިން އަހަރުގެ ތެރޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ އެއްކޮށް ޙައްލު ކުރުން ކަމަށާއި، އެކަމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށެވެ.

މި ސަރުކާރުން ވެރިކަމާ ޙަވާލުވި ފަހުން، ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅެމުން އަންނަ ބިދޭސީން ހޯދައި، އެމީހުންނާމެދު ފިޔަވަޅު އެޅުމުގެ މަސައްކަތް ވަނީ ފަށާފައެވެ. މި މަސައްކަތުގެ ތެރެއިން މިހާތަނަށް 5,000 އަށްވުރެ ގިނަ ބިދޭސީން ވަނީ ޑިޕޯޓް ކޮށްފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%