މިއަދުން ފެށިގެން ސިޔާސީ މުވައްޒަފުންނަށް މުސާރަ ލިބޭނީ ކުރިން ލިބޭ މުސާރައިގެ 10 ޕަސަންޓް އުނިވެގެންނެވެ.
މިއީ ދައުލަތުގެ ޚަރަދުތައް ހުއްޓުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ އިޤްތިޞާދީ އިސްލާޙީ އެޖެންޑާގެ ތެރެއިން އެޅުއްވި ފިޔަވަޅެކެވެ. މިއާއެކު، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ (ބެންކްތައް ނުހިމަނައި) ސިޔާސީ އޮފިސަރުންނާއި މުވައްޒަފުންގެ މުސާރަ %10 އުނިކުރުން ސަރުކާރުން ތަންފީޒުކުރާނެއެވެ. ދެ އަހަރު ދުވަހުގެ މުއްދަތަށް އަޅަން ނިންމާފައިވާ މި ފިޔަވަޅުތަކުގެ މަގުސަދަކީ ކުރީ ސަރުކާރުތަކުން ދައުލަތަށް ކުރިމަތިކުރުވި މާލީ ބުރަތަކުން އަރައިގަތުމަށް އެހީތެރިވުމެވެ، އެ މާލީ ކަންބޮޑުވުންތައް ހައްލުކުރުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބޭނުންފުޅުވަނީ ސިވިލް ސާވިސް މުވައްޒަފުންގެ މުސާރައިން އެއްވެސް މިންވަރެއް އުނި ނުކުރުމެވެ.
2025 ވަނަ އަހަރަށް ދައުލަތުގެ ބަޖެޓު ހުށަހަޅާއިރު، އިޤްތިޞާދީ އިޞްލާޙީ އެޖެންޑާގެ ދަށުން، ދައުލަތުގެ ޚަރަދުތައް ކުޑަކުރުމުގެ މަޤްޞަދުގައި ގިނަ ފިޔަވަޅުތަކެއް އެޅުމަށް ވާނީ ނިންމާފައި. މިގޮތުން މުސާރައާއި ގުޅޭ ގޮތުން ތިރީގައިވާ ފިޔަވަޅުތައް 2 އަހަރު ދުވަހުގެ މުއްދަތަށް…
މިއަދު ޢަމަލުކުރަން ފެށި މި ބަދަލާއެކު، ޒަމާންތަކެއް ވަންދެން 1 ލައްކަ ރުފިޔާ އަށްވުރެ ބޮޑު މުސާރަ ދެމުން އައި ކުންފުނިތަކުގެ ވެރީންނަށް ވެސް ދެން އެންމެ ބޮޑުކޮށް ދެވޭނީ 90،000ރ އެވެ. އަދި މިނިވަން މުއައްސަސާތަކުގެ އިސްވެރިންގެ މުސާރައިން ވެސް 10 ޕަސެންޓު މިވަނީ އުނިކޮށްފައެވެ.
މިއަދު ޢަމަލުކުރަން ފެށި މި ބަދަލާއިއެކު، 12،000ރ. އިން ދަށުން މުސާރަ ލިބޭ މީހުން އިސްތިސްނާ ވާނެ ކަމަށް ރައީސް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.