އެންސްޕާއިން އެހީ ނުދޭކަމަށް ބުނާ ވާހަކަތަކަކީ ދޮގެއް، ކެންސަރު ބަލިމީހާއަށް 9 ފަހަރު އެހީ ދިން

އައިޝަތު ރުވާ ރިފްޢަތު | 100 ދުވަސް ކުރިން - 23:16
އެންސްޕާގެ އިމާރާތް
އެންސްޕާގެ އިމާރާތް
ޚުލާސާ

އެކި ފަހަރުމަތިން 1800 އަށްވުރެ ގިމަ ޑޮލަރުގެ އިތުރުން، 9 ފަހަރު ބަލިމީހާ އާއި އިތުރު އެހީތެރިޔަކަށް ދެކޮޅު ޓިކެޓް ވެސް ދީ ބޭސްފަރުވާގެ ފުލްކަވަރޭޖްގެ

ކެންސަރަށް ފަރުވާ ހޯދަމުންދާ މީހަކަށް އެންސްޕާއިން އެހީ ހަމަޖައްސައި ނުދެއްވި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފެތުރެމުންދާ ވާހަކަތައް އެންސްޕާއިން ދޮގުކޮށް އެކަމުގެ ތަފްސީލް ހާމަކޮށްފިއެވެ.

އެންސްޕާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެހީއަށް އެދުނު ފަރާތުން، އެކަމަށް އެދި ހުށަހެޅި ކޮންމެ ފަހަރަކު ވެސް އެހީ ހަމަޖައްސައިދީފައިވާ ކަމަށެވެ.

އެންސްޕާއިން ބުނީ، ކެންސަރަށް ފަރުވާ ހޯދަމުންދާ މީހާ އާސަންދަ އަދި ވެލްފެއަރ އެހީއަށް އެދި ހުށަހަޅާފައި ވަނީ 9 ފަހަރު ކަމަށާއި، އެ ހުރިހާ ފަހަރަކުނވެސް އެހީ ހަމަޖައްސައިދީފައި ވާކަމަށެވެ.

ސޯޝަލްމީޑިއާގައި އެފަރާތުން ކޮށްފައިވާ ޕޯސްޓުގައި ވަނީ އެންސްޕާއިން ދިނީ ކުޑަ އެހީއެއް ކަމަށެވެ.

ނަމަވެސް އެންސްޕާއިން ބުނީ އެ ފަރާތުން އެހީއަށް އެދޭ ކޮންމެ ފަހަރަކު ބޭސްފަރުވާގެ ފުލް ކަވަރޭޖްގެ އިތުރުން ބަލި މީހާއަށާއި އެހީތެރިޔާއަށް ޓިކެޓް ވެސް ހަމަޖައްސައިދީފައިވާ ކަމަށެވެ.

އެންސްޕާއިން ބުނީ އޭނާ އެހީއަށް ފުރަތަމަ ފަހަރަށް ހުށަހަޅާފައިވަނީ 2023 ވަނަ އަހަރު ކަމަށާއި، އެންމެ ފަހުން އެހީ ހަމަޖައްސައިދީފައިވަނީ މިދިޔަ މަހު ކަމަށްވެސް އެންސްޕާއިން ހާމަކުރިއެވެ.

އެންސްޕާއިން އިތުރަށް ބުނިގޮތުގައި، އެހީއަށް އެދުނު ފަހަރުތަކުގައި ވެލްފެއަރ ކޭސްގެ ދަށުން ފައިސާ ހަމަޖައްސައިދިނުމުގެ އިތުރުން ޓިކެޓް ފައިސާވެސް ދޭއިރު. ކޮންމެ ފަހަރަކުވެސް ފައިސާގެ އެހީގެ ގޮތުގައި ދީފައިވަނީ 200 ޑޮލަރާއި 250 ޑޮލަރަށްވާ ފައިސާ ކަމަށެވެ.

ކުރީގެ ސަރުކާރުގައި ބަލިމީހާއަށް އެހީގެ ގޮތުގައި 1000 ޑޮލަރު ދިންކަމަށް ބުނާ މައްސަލަ ވެސް އެންސްޕާއިން ނެރުނު ބަޔާނުގައި ފާހަގަ ކޮށްފައި ވެއެވެ. ނަމަވެސް އެއީ އުސޫލުން ބޭރުން ކޮށްފައިވާ ކަމެއް ކަމަށާއި އެކަމުގެ އެއްވެސް ޑޮކިއުމެންޓެއް ފެންނަން ނެތްކަން އެންސްޕާއިން ފާހަގަކޮށްފައި ވެއެވެ،

?ref_src=twsrc%5Etfw">December 2, 2024

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%