ޔޫއެންގައި ޗާގޯސްގެ މައްސަލައިގައި ވޯޓު ނެގިއިރު އެއީ ރާއްޖޭގެ ތަނެކޭ ޔާމީނުގެ ސަރުކާރުން ނުބުނޭ - ޝާހިދު

ހުސައިން އިސްމާއިލް | 118 ދުވަސް ކުރިން - 02:08
ޢަބްދުﷲ ޝާހިދު
ޢަބްދުﷲ ޝާހިދު
ޚުލާސާ

ޔާމީނުގެ ވެރިކަމުގައި، ޔޫއެންގައި ޗާގޯސްގެ މައްސަލައިގައި ވޯޓު ނެގިއިރު އެއީ ރާއްޖޭގެ ތަނެކޭ ބުނެ އެންމެ ފަހަރަކުވެސް ވަކާލާތު ނުކުރާއިރު، ނަޝީދުގެ ވެރިކަމުގައި ރާއްޖޭގެ މެޕްގައި ޗާގޯސް ހިމަނަން ލިބުނު ފުރުސަތު ވަނީ ދޫކޮށްލާފަ.

ޗާގޯސްގެ ސިޔާދަތީ ބާރުގެ މައްސަލައިގައި 2016 ވަނަ އަހަރު އދ ގެ ޢާންމު މަޖިލީހުގައި ވޯޓު ނެގި އިރު އެއްފަހަރުވެސް އެތަނަކީ ރާއްޖޭގެ ތަނެކޭ ބުނެ ޢަބްދުﷲ ޔާމީނުގެ ސަރުކާރުން ވަކާލާތު ކޮށްފައި ނުވާ ކަމަށް އެމްޑީޕީގެ ވެރިކަމުގައި ފޮރިން މިނިސްޓަރުކަން ކުރެއްވި ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާހިދު ވިދާޅުވީ 2016 ވަނަ އަހަރު އދ ގެ އާންމު މަޖިލީހުގައި ޗާގޯސްގެ މައްސަލަ ނެގިއިރު ރައީސަކަށް ހުންނެވީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކަމަށާއި، ނަމަވެސް މަޖިލީހުގައި އެ ބަހުސް ކުރެވުނު އިރު ރާއްޖެއިން އެއްފަހަރު ވެސް އަތް ނަގާފައި އދގެ ޕޯޑިއަމްގައި ޗާގޯސްއަކީ ދިވެހިރާއްޖޭގެ ތަނެކޭ ބުނެ ވާހަކަ ދައްކާފައެއް ނެތެވެ.

އަދި ޝާހިދު ވިދާޅުވީ 2010 ގައި އދގެ މަޖިލީހަށް ލިޔުންތަކާއި، ޗާޓުތައް ކުރަހާފައި ހުށަހެޅުއްވި އިރު އޭރުގެ ރައީސުލްޖުމްހޫރިއްޔާއަށް، އޭރުގެ ސަރުކާރަށް، ޗާގޯސް ހިމެނޭ ގޮތަށް ކުރަހާފައި ފޮނުވަން ފުރުސަތު އޮތް ނަމަވެސް ހުށަހެޅުއްވި ކުރެހުމުގައި ވަނީ އައްޑުއަތޮޅުން ފެށިގެން 200 މޭލު ކަމަށާއި، ޗާގޯސް އޭގެ ތެރޭގައި ނުހިމެނޭ ކަމަށެވެ.

ޝާހިދު އެ ވިދާޅުވާ މުއްދަތުގައި ރާއްޖޭގައި ވެރިކަންކުރީ އޭނާ ނިސްބަތްވާ މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އެވެ.

މިހާރުގެ ސަރުކާރުން ޗާގޯސް މައްސަލައިގައި މަސައްކަތް ކުރެއްވިޔަސް، އެމްޑީޕީންނާއި އަދި އޭގެ ފަހުން އައި ވެރިކަންތަކުގައި ޢަމަލުކުރި ގޮތުގެ ސަބަބުން ޗާގޯސް ހޯދުމަށް މިވަނީ ހުރަސްތަކާއި ކުރިމަތިލާން ޖެހިފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%