އަޒަރުބައިޖާން އެއަރލައިންގެ ފުރަތަމަ ފްލައިޓް ރާއްޖެއަށް އައިސްފި

އާނާ ފަހީމް | 126 ދުވަސް ކުރިން - 16:50
އަޒަރުބައިޖާން އެއަރލައިންގެ ފުރަތަމަ ދަތުރަށް މަރުހަބާ ކިޔަނީ
އަޒަރުބައިޖާން އެއަރލައިންގެ ފުރަތަމަ ދަތުރަށް މަރުހަބާ ކިޔަނީ
ޚުލާސާ

އަޒަރުބައިޖާން އެއަރލައިންގެ ދަތުރުތައް ހަފްތާއަކު ދެފަހަރު ބަކޫއިން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށް ދަތުރުކުރާނެ. މިއީ ރާއްޖޭގެ ފަތުރުވެރިކަމަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމެއް.

އަޒަރުބައިޖާން އެއަރލައިންގެ ފުރަތަމަ ފްލައިޓް މިއަދު ރާއްޖެއަށް އައިސްފިއެވެ. މި ފްލައިޓަށް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ވަނީ ދިވެހި ސަޤާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔާފައެވެ.

އަޒަރުބައިޖާން އެއަރލައިނުން ރާއްޖެއަށް ދަތުރުތައް ކުރާނީ އަޒަރުބައިޖާންގެ ވެރިރަށް ބަކޫއިން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށެވެ. އެ އެއަރލައިނުން ބުނެފައިވާ ގޮތުގައި ހަފްތާއަކު ދެދަތުރު ރާއްޖެއަށް ކުރާނެއެވެ. މި ދަތުރުތަކުގައި ބޭނުންކުރާނީ ބޮއިންގ 787 ޑްރީމްލައިނަރ އެއަރކްރާފްޓެވެ. މި ދަތުރުގެ ދިގުމިނަކީ ގާތްގަނޑަކަށް 6 ގަޑިއިރެވެ.

މިއީ އަޒަރުބައިޖާން އެއަރލައިނުން ރާއްޖެއަށް ދަތުރުތައް ފަށާ ފުރަތަމަ ފަހަރެވެ. މި ދަތުރުތަކުގެ ސަބަބުން އެ ޤައުމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ޢަދަދު އިތުރުވުމަށް އެހީތެރިވެދޭނެކަމަށް ބެލެވެއެވެ. ރާއްޖެއަށް މިހާރުވެސް ބައިނަލްއަޤްވާމީ ގިނަ އެއަރލައިންތަކަކުން ދަނީ ދަތުރުކުރަމުންނެވެ. އެގޮތުން ދާދިފަހުން ޔޫއޭއީގެ އެއަރ އަރަބިއާގެ ޝެޑިއުލް ދަތުރުތައް ރާއްޖެއަށް ވަނީ ފަށާފައެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖެއަށް ދަތުރުކުރާ ޝެޑިއުލް އެއާލައިންތަކުގެ އަދަދު 40އަށް ވުރެ އިތުރުވެފައިވެއެވެ. ސަރުކާރުގެ އަމާޒަކީ މިއަހަރު 2 މިލިއަން ފަތުރުވެރިން ގެނައުމެވެ. މިހާތަނަށް ރާއްޖެއަށް 1.6 މިލިއަން ފަތުރުވެރިން ޒިޔާރާތްކޮށްފައިވާއިރު، ސަރުކާރުން އަންދާޒާ ކުރަނީ 2 މިލިއަން ފަތުރުވެރިން ޑިސެމްބަރު މަހުގެ މެދެއްހާ ތަނަށް ހަމަވާނެ ކަމަށެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%