ގިނަ ރަށްތަކެއްގައި ގުރުއާނާ ބެހޭ މަރުކަޒުގެ ގޮފިތަކާއި މިސްކިތް އަޅަން ހަވާލުކޮށްފި

އަހްމަދު އީޒާން | 3 ގަޑިއިރު ކުރިން - 16:09
އިސްލާމިކް މިނިސްޓްރީން މަޝްރޫއުތަކުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތު / ފޮޓޯ: އިސްލާމިކް މިނިސްޓްރީ
އިސްލާމިކް މިނިސްޓްރީން މަޝްރޫއުތަކުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތު / ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ޚުލާސާ

އިސްލާމިކް މިނިސްޓްރީން ރޭ ބޭއްވި ރަސްމިއްޔާތެއްގައި އެއް ރަށެއްގައި އިސްލާމީ މަރުކަޒެއް އިމާރާތްކުރުމަށް އަދި 11 ރަށެއްގައި މިސްކިތް އިމާރާތްކުރުމުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފައި.

ގުރުއާނާ ބެހޭ މަރުކަޒުގެ ގޮފިތަކާއި މިސްކިތްތައް ހިމެނޭހެން ރަށްރަށުގައި އިސްލާމީ ދާއިރާގެ 14 އިމާރާތެއް އަޅަން އިސްލާމިކް މިނިސްޓްރީން އިއްޔެ ހަވާލުކޮށްފި އެވެ.

އިސްލާމިކް މިނިސްޓްރީން ރޭ ބޭއްވި ރަސްމިއްޔާތެއްގައި ވަނީ ދެ ރަށެއްގައި ގުރުއާނާ ބެހޭ މަރުކަޒުގެ ގޮފި އިމާރާތްކުރުމަށާއި އެއް ރަށެއްގައި އިސްލާމީ މަރުކަޒެއް އިމާރާތްކުރުމަށް އަދި 11 ރަށެއްގައި މިސްކިތް އިމާރާތްކުރުމުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފަ އެވެ.

އެ ރަސްމިއްޔާތުގައި މި މަސައްކަތްތަކުގެ އެއްބަސްވުންތަކުގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.

އެ މަޝްރޫއުތަކުގެ ތެރެއިން 11 މަޝްރޫއެއް ހަވާލުކޮށްފައި ވަނީ ފެނަކަ ކޯޕަރޭޝަންއާ އެވެ. އަދި އެމްޓީސީސީއަށް ތިން މަޝްރޫއެއް ހަވާލުކޮށްފައިވެ އެވެ.

އެ މަޝްރޫއުގެ ދަށުން 500 މީހުންގެ ޖާގައިގެ މިސްކިތް އަޅަން ނިންމާފައި ވަނީ ހއ. ބާރަށް، ހދ. ނެއްލައިދޫ، ށ. ނޫމަރާ، ނ. ހެނބަދޫ، ރ. އިނގުރައިދޫ، ބ. މާޅޮސް، ބ. ކުޑަރިކިލު، އއ. ފެރިދޫ، ތ. ވޭމަންޑޫ، ހިރިލަންދޫ އަދި ސ. ފޭދޫގަ އެވެ.

ގުރުއާނާ ބެހޭ މަރުކަޒުގެ ގޮފިތައް އަޅަނީ ލ. މާބައިދޫ އާއި ޅ. އޮޅުވެލިފުށީގަ އެވެ.

އިސްލާމީ މަރުކަޒެއް އެޅުމަށް ނިންމާފައި ވަނީ ށ. ފޯކައިދޫގަ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%