ޕެންޝަން އޮފީހުގެ ބޯޑުގައި އަމިއްލަ ވިޔަފާރިތައް ތަމްސީލްކުރައްވާ ދެ މެމްބަރުންގެ ގޮތުގައި އަބްދުލް މަޖީދު އަލީ އާއި އަހުމަދު ސަރުވަޝް އާދަމް އައްޔަންކޮށްފި އެވެ.
ޕެންޝަން އޮފީހުން އިއްޔެ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މި ދެބޭފުޅުން ޕެންޝަން އޮފީހުގެ ބޯޑަށް އައްޔަންކޮށްފައި ވަނީ މިދިޔަ ހޯމަ ދުވަހު ކަމަށެވެ.
އިކޮނޮމިކްސް އާއި ބޭންކިންގެ ދާއިރާއިން މަތީ ތައުލީމް ހާސިލްކުރައްވާފައިވާ މަޖީދު ވަނީ މީގެ ކުރިން ވެސް ޕެންޝަން ބޯޑުގެ މެމްބަރުކަން ކުރައްވައިފަ އެވެ. އަދި އޭނާ ވަނީ އޮފް މޯލްޑިވްސް އާއި ބޭންކް އޮފް ސިލޯނުގައި ވެސް ކުރިން މަސައްކަތް ކުރައްވައިފަ އެވެ.
އިގްތިސާދާއި ޕޮލިސީ އަދި އެކައުންޓިންގެ ދާއިރާއިން މަތީ ތައުލީމް ހާސިލްކުރައްވާފައިވާ ސަރުވަޝް އަކީ ފިނޭންސް މިނިސްޓްރީގެ ކުރީގެ ޗީފް ފައިނޭންޝިއަލް ބަޖެޓް އެގްޒެކެޓިވްގެ މަގާމު އަދާކުރައްވާފައިވާ ބޭފުޅެކެވެ. މީރާގެ ޗެއާޕާސަން ކަމާއި އެމްއެމްއޭގެ ބޯޑު މެންބަރުކަން ވެސް އޭނާ ކުރެއްވި އެވެ.