އިންސާފު ނުލިބޭ ފަރާތްކަށް އިންސާފު ހޯދައިދޭން މަސައްކަތް ކުރާނެ ކަމަށް ބަންޑާރަނައިބު ވިދާޅުވެއްޖެ

އުސްތާޛް މުޙައްމަދު ޢަލީ | 135 ދުވަސް ކުރިން - 11:09
ބަންޑާރަނައިބު އަލްއުސްތާޛު އަޙްމަދު އުޝާމް/ ފޮޓޯ: ޚުލާސާ
ބަންޑާރަނައިބު އަލްއުސްތާޛު އަޙްމަދު އުޝާމް/ ފޮޓޯ: ޚުލާސާ
ޚުލާސާ

މިދިޔަ ސަރުކާރު ނިމުނުއިރު އެސަރުކާރުން އުފެއްދި އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހަށް ހުށަހެޅުނު ގިނަ މައްސަލަތަކުގައި އިންސާފު ހޯދައިދީފައިނުވާ ކަމަށާއި ނުނިމި ހުރި ގިނަމައްސަލަތަކަށް މިސަރުކާރުން ދަނީ އިންސާފު ހޯދައިދެވޭތޯ މަސައްކތް ކުރަމުން.

މިދިޔަ ސަރުކާރުން އުފެއްދެވި އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހަށް ހުށަހަޅާފައިވާ ގިނަ މައްސަލަތަކަށް އެކަށީގެންވާ އިސްސާފު ހޯދައިދީފައި ނުވާ ކަމަށާއި އެސަރުކާރު ނިމުނުއިރު ގިނަ ޢަދަދެއްގެ މައްސަލަތައް ނުނިމިހުރިކަން ބަންޑާރަނައިބު އަލްއުސްތާޛު އަޙްމަދު އުޝާމް ފާހަގަކުރައްވައިފިއެވެ. ބަންޑާރަނައިބު ވިދާޅުވީ އިންސާފު ނުލިބިހުރި ފަރާތްތަކަށް އިންސާފު ހޯދައިދޭން މަސައްކަތް ކުރައްވާނެ ކަމަށާއި އަދި އެކަމަށް ހައްލު ހޯދައިދިނުމަށް މިސަރުކާރުން މަސައްކަތް ކުރާނެ ކަމަށެވެ.

އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީސް އުފައްދާފައިވަނީ 2020 ވަނަ އަހަރުގެ ޑިސެންބަރުމަހުގެ 17 ވަނަ ދުވަހުއެވެ. މި އޮފީހަކީ، 1953 ގެ ޖެނުއަރީ މަހުން ފެށިގެން 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ގެ ނިޔަލަށް ހިނގާފައިވާ އިންސާނީ ޙައްޤުތަކާއި ކަރާމާތާއި ގުޅުންހުރި މައްސަލަތައް ބެލުމަށް، ޤާނޫނުން ބާރުލިބިގެން އުފައްދާފައިވާ އޮފީހެކެވެ.

ބަންޑާރަނައިބު އުޝާމް ވިދާޅުވިގޮތުގައި، ސަރުކާރު ބަދަލުވުމާ ހަމައަށް އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހަށް ހުށަހެޅިފައިހުރި މައްސަލަތަކާމެދު ޢަމަލުކުރާނެ ގޮތުގެ ލަފަޔެއް ރައީސް އޮފީހުން ދެއްވާފައިވެއެވެ. އަދި އެ ލަފަޔާ އެއްގޮތަށް މައްސަލަތައް ބަލައި، އެ މައްސަލަތަކަށް އަދުގެ ސަރުކާރުން ހައްލު ހޯއްދަވާދެއްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ހުށައެޅުނު މައްސަލަތައް އެއްކޮށް ނިންމުމަށް އަދި އިތުރު ވަގުތު ނަގާނެ. ގިނަ މައްސަލަތައް ހުރީ އެންމެ އެކަށީގެންވާ ގޮތަކަށް ނޫން ބަލާފައެއް. އަދި ބައެއް މައްސަލަތަކަށް ޤާނޫނީ ހައްލުތައްވެސް ހޯދަންޖެހޭ" ކަމަށް ބަންޑާރަނައިބު ވިދާޅުވިއެވެ.

އިންތިޤާލީ އިންސާފުގެ އޮފީހަށް 489 މައްސަލަ ހުށައެޅިކަމަށާއި ސަރުކާރު ނިމުނުއިރު 460 މައްސަލައެއް ތަހުޤީގުކުރަން ނިންމާ 453 މައްސަލައެއް ބަލާ ނިންމާފައި އޮތްކަމަށް ބަންޑާރަނައިބު ވިދާޅުވިއެވެ. އަދި އޮފީހުން ބަލައި، މަދަނީ ބަދަލު ލިބެންޖެހޭ ކަމަށް ނިންމާފައި އޮތް ޖުމްލަ 30 މައްސަލައެއް ހިމެނޭ ރިޕޯޓެއް މިދިޔަ އަހަރު ނޮވެމްބަރ މަހުގެ 17 ވަނަ ދުވަހު ރައީސް އޮފީހަށް ފޮނުވާފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އިންތިޤާލީ އިންސާފުގެ އޮފީސް އުފެއްދިއިރު 2 އަހަރުދުވަހުގެ މުއްދަތަކަށް އެކުލަވާލާފައި ވީނަމަވެސް، އެ އޮފީހަށް ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި މަސައްކަތް ނުނިމުމުން އެ އޮފީހުގެ މަސައްކަތް މިދިޔަ އަހަރުގެ ނޮވެމްބަރު 17 އާ ހަމައަށް އިތުރުކުރިއެވެ. އޭގެފަހުން އެ އޮފީސް ވަނީ އުވާލާފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%