5 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓެއް މާދަމާ މަޖިލީހަށް

އައިޝަތު ރުވާ ރިފްޢަތު | 145 ދުވަސް ކުރިން - 22:32
ވަޒީރު މޫސާ ޒަމީރު މިދިޔަ ހަފްތާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި
ވަޒީރު މޫސާ ޒަމީރު މިދިޔަ ހަފްތާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި
ޚުލާސާ

މާދަމާ ހެނދުނު 11:00 ގައި އޮންނަ ޖަލްސާގައި އޮންނަނީ ސަޕްލިމެންޓަރީ ބަޖެޓް ހުށަހެޅުމާއި އެ ބަޖެޓާ ގުޅޭގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރިއަށްގެންދިއުން އެކަނި ކަމަށް މަޖިލީހުން އާންމުކޮށްފައިވާ އެޖެންޑާގައިވޭ.

ދައުލަތުގެ ޚަރަދުތައް ފޫބެއްދުމަށް ސަރުކާރުން ހުށަހަޅުއްވާ ސަޕްލިމެންޓަރީ ބަޖެޓް ހުށަހެޅުން މާދަމާ އޮންނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.

މަޖިލީހުން އާންމުކޮށްފައިވާ އެޖެންޑާގައިވާ ގޮތުން މާދަމާ ހެނދުނު 11:00 ގައި އޮންނަ ޖަލްސާގައި އޮންނަނީ ސަޕްލިމެންޓަރީ ބަޖެޓް ހުށަހެޅުމާއި އެ ބަޖެޓާ ގުޅޭގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރިއަށްގެންދިއުން އެކަންޏެވެ.

މިދިޔަ ހަފްތާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވެފައިވަނީ ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހަޅަނީ ދައުލަތުގެ ކޭޝްފްލޯއަށް މިހާރު ކުރިމަތިވެފައިވާ ދަތިތަކަށް ހައްލު ހޯދައި، ޚަރަދުތައް ފޫބެއްދުމަށް ކަމަށެވެ. އަދި ސަރުކާރުން މަސައްކަތްކުރަމުން ގެންދަނީ ސަޕްލިމެންޓަރީ ބަޖެޓް ވީހާވެސް ކުޑަކުރުމަށް ކަމަށްވެސް މާލީ ވަޒީރު ވިދާޅުވިއެވެ.

މާލީ ވަޒީރު އިތުރަށް ވިދާޅުވީ ޚަރަދުތައް ކުޑަކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އަޅުއްވަމުންދާ ފިޔަވަޅުތަކާއެކު ސަޕްލިމެންޓަރީ ބަޖެޓް އުޅޭނީ 5 ބިލިއަނެއްހާ ރުފިޔާގައި ކަމަށެވެ.

ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވެފައިވަނީ މީގެކުރީ ސަރުކާރުތަކުން ސަޕްލިމެންޓަރީ ބަޖެޓު ހުށަހަޅަމުން އައީ ޤާނޫނާ ޚިލާފަށް ކަމަށެވެ. އެގޮތުން ޚަރަދުތައް ކުރުމަށްފަހު އެ ޚަރަދުތައް ފޫބެއްދުމަށް މަޖިލީހަށް ބަޖެޓު ހުށަހަޅާކަން ބަންޑާރަނައިބު ފާހަގަކުރެއްވިއެވެ. ނަމަވެސް މި ސަރުކާރުން ސަޕްލިމެންޓަރީ ބަޖެޓް ހުށަހަޅަނީ ޤާނޫނުގައިވާ ގޮތުގެ މަތީން ކަމަށް ބަންޑާރަ ނައިބު ވިދާޅުވިއެވެ.

މި އަހަރު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ 49.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ސަރުކާރުން 5 ވަރަކަށް ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހަޅަން ޖެހޭނެ ކަމަށް ލަފާކޮށްފައިވާއިރު، މިދިޔަ އަހަރު ދައުލަތުގެ ޚަރަދުތައް ފޫބެއްދުމަށް 6.5 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓެއް ވަނީ ހުށަހަޅާފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%