ހަމާސްއިން ދެން ޣައްޒާގައި ވެރިކަން ނުކުރާނެ - ނަތަންޔާހޫ

އައިޝަތު އީމާން | 183 ދުވަސް ކުރިން - 17 އޮކްޓޯބަރު 2024 23:04
އިސްރާއިލްގެ ބޮޑުވަޒީރު ނެތަންޔާހޫ
އިސްރާއިލްގެ ބޮޑުވަޒީރު ނެތަންޔާހޫ
ޚުލާސާ

ހަމާސްގެ ލީޑަރު ޔަހްޔާ ޝަހީދުކޮށްލައިފައިވާ ކަމަށް އަނިޔާވެރި އިޒްރޭލުން ވަނީ ކަށަވަރުކޮށްދީފަ. ހަމާސްއިން ހައްޔަރުކޮށްފައިވާ އިޒްރޭލުގެ މީހުން ދޫކުރުމަށް ނަތަންޔާހޫ ވަނީ ގޮވާލާފަ.

ހަމާސްއިން ދެން ޣައްޒާގައި ވެރިކަން ނުކުރާނެ ކަމަށް އަނިޔާވެރި އިސްރާއިލްގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ އެ ޖަމާއަތުގެ ލީޑަރު ޔަހްޔާ ސިންވާރު ޝަހީދުވުމާ ގުޅިގެންނެވެ.

ޔަހްޔާ ސިންވާރު ޝަހީދުކޮށްލާފައިވާ ކަމަށް އިސްރާއިލްގެ އަސްކަރިއްޔާއިން ވެސް ކަށަވަރުކޮށްދީފައިވާއިރު އެކަމާއި ގުޅޭގޮތުން ހަމާސް ޖަމާއަތުން އަދި ވަކި އެއްޗެއް ބުނެފައި ނުވެއެވެ.

ޔަހްޔާ ސިންވާރު ހަމާސް ޖަމާއަތުގެ ލީޑަރު ކަމާއި ހަވާލުވީ ދާދި ފަހުން އީރާނުގައި އެ ޖަމާއަތުގެ ލީޑަރު ހަނިއްޔާ އަވަހާރަކޮށްލުމާއި ގުޅިގެންނެވެ.

ނަތަންޔާހޫ މިރޭ އިތުރަށް ވިދާޅުވެފައިވަނީ ޣައްޒާއާ ދެކޮޅަށް ކުރާ ހަނގުރާމަ ނުހުއްޓާނެ ކަމަށާއި އަމާންކަން ބޭނުންނަމަ ހަމާސްއިން ހައްޔަރުކޮށްފައިވާ އިސްރާއިލުގެ މީހުން ދޫކޮށްލުމަށެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%