އެމެރިކާގައި ނަތަންޔާހޫއާއި ދެކޮޅަށް މުޒާހަރާ!

ޖަވާދު | 203 ދުވަސް ކުރިން - 27 ސެޕްޓެންބަރު 2024 14:04
އެމެރިކާގެ ނިއުޔޯކުގައި ހުންނަ ނަތަންޔާހޫގެ ގެކޮޅު ކައިރީގަިއ އެތައް ހާސް ބަޔަކު މުޒާހަރާ ކުރަނީ
އެމެރިކާގެ ނިއުޔޯކުގައި ހުންނަ ނަތަންޔާހޫގެ ގެކޮޅު ކައިރީގަިއ އެތައް ހާސް ބަޔަކު މުޒާހަރާ ކުރަނީ
ޚުލާސާ

އެތައް ހާސް ބަޔަކު އެމެރިކާގައި ނަތަންޔާހޫ އާއި ދެކޮޅަށް މުޒާހަރާ ކުރަނީ ފަލަސްތީނާއި ލުބުނާނުގައި ހިންގަމުންގެންދާ ޖަރީމާތަކާއި ދެކޮޅަށް. އެމެރިކާގައި ނަތަންޔާހޫ ހުންނަވާ ހުރިހާ ދުވަހެއްގައި ވެސް މުޒާހަރާ ކުރިޔަށ ގެންދަން އެމީހުން ވަނީ ނިންމާފަ

އިންސާނީ ހައްގުތައް ހިމާޔަތްކުރުމުގައި ވަކާލާތުކުރާ އެކިއެކި ޖަމިއްޔާ ޖަމާއަތްތަކުންނާއި، އަރަބި އަދި އަދި ފަލަސްތީނުގެ އެތައް ހާސް ބަޔަކު އެމެރިކާގެ ނިއުޔޯކުގައި ހުންނަ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ގެކޮޅު ކައިރިއަށް އެއްވެ މުޒާހަރާ ކޮށްފިއެވެ.  

އެތައް ހާސް ބަޔަކު އެގޭދޮށަށް އެއްވީ އދ.ގެ އާންމު މަޖިލީހުގައި ނަތަންޔާހޫ ތަގުރީރު ކުރެއްވުމަށް ހަމަޖެހިފައިވާތީ، ފަލަސްތީނުގެ ރައްޔިތުންނާއި ދެކޮޅަށް އިސްރާއީލުން ހިންގާ އަނިޔާތަކާއި ދާދި ފަހުން ލުބުނާނުގައި ހިންގަން ފެށި ގަތުލުއާންމުގެ ސަބަބުން އެކަމުގެ ނުރުހުން ފާޅުކުރުމަށެވެ.

އދ ގެ ބައްދަލުވުންތަކަށް ނަތަންޔާހޫ މެންހަޓަންއަށް ވަޑައިގެންނެވި ހިސާބުން ފެށިގެން ބައެއް މަގުތަކުގައި ބޮޑެތި މުޒާހަރާތައް ހިނގައި، ފާއިތުވި އަހަރު ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ނަތަންޔާހޫ އާއި އިސްރާއީލުގެ އަސްކަރިއްޔާއިން ކުރި އަނިޔާތަކާ ގުޅޭ ގޮތުން ޖަވާބުދާރީވުމަށް މުޒާހަރާގެ ބައިވެރިން ގޮވަމުން ދިޔައެވެ. އަދި މިފަހުން އިސްރާއީލުން ލުބުނާނަށް ދިން އަނިޔާތައް ވެސް މުޒާހަރާގެ ބައިވެރިން ވަނީ ކުށްވެރިކޮށްފަ އެވެ.

އެކްޓިވިސްޓުން ރާވާފައި ވަނީ ނަތަންޔާހޫ ނިއުޔޯކުގައި ހުންނަ ހުރިހާ ދުވަހެއްގައި ވެސް މުޒާހަރާތައް ކުރިއަށް ގެންދިއުމަށެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%