ތާރީޚީ ކާމިޔާބެއް! މިއަދުންފެށިގެން މެލޭޝިއާގައި ދިވެހި ޕާސްޕޯޓާއި އައިޑީކާޑުގެ ޚިދުމަތް

އުސްތާޛް މުޙައްމަދު ޢަލީ | 6 ގަޑިއިރު ކުރިން - 29 އޭޕްރިލް 2025 06:54
މެލޭޝިއާގައި ފުރަތަމަ ޕްރިންޓްކުރި ދިވެހި އިލެކްޓްރޯނިކް ޕާސްޕޯޓް ބެލެނިވެރިންނާއި ހަވާލުކުރުން.
މެލޭޝިއާގައި ފުރަތަމަ ޕްރިންޓްކުރި ދިވެހި އިލެކްޓްރޯނިކް ޕާސްޕޯޓް ބެލެނިވެރިންނާއި ހަވާލުކުރުން.
ޚުލާސާ

މިއަދުން ފެށިގެން މެލޭޝިއާގައި ހުންނަ ހައިކޮމިޝަނުން ދިވެހި އައިޑީކާޑާއި ޕާސްޕޯޓުގެ ޚިދުމަތް ލިބޭނެ.

ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ބޭރު ގައުމެއްގައި އައިޑީ ކާޑާއި ޕާސްޕޯޓް ހެދުމުގެ ޚިދުމަތް ފަށައިފިއެވެ. ރައީސުލަޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މިހާރު މެލޭޝިއާއަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެތެރެއިން މި ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ އިއްޔެ އެމަނިކުފާނު ދިވެހިންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގެ ތެރެއިންނެވެ. މި ރަސްމިއްޔާތުގައި މެލޭޝިއާގައި ފުރަތަމަ ޕްރިންޓްކުރި ދިވެހި އިލެކްޓްރޯނިކް ޕާސްޕޯޓާއި އައިޑީ ކާޑު ބެލެނިވެރިންނާ ހަވާލުކޮށްދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވުޒާރާ އަލީ އިހްސާން އެވެ.

މި އައު ޚިދުމަތް މިއަދުން ފެށިގެން ދިވެހި ހައިކޮމިޝަނުން ލިބޭނެ ގޮތް ވަނީ ހަމަޖައްސައިފައެވެ. މީގެ އިތުރުން، މެލޭޝިއާގައި ދިރިއުޅޭ ދިވެހި ކިޔަވާ ދަރިވަރުން ތަމްސީލުކުރުމަށް ސްޓޫޑަންޓް އެސޯސިއޭޝަނެއް ވެސް އުފައްދާފައިވެއެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މެލޭޝިއާއަކީ ރާއްޖޭން ބޭރުގައި އެންމެ ގިނަ ދިވެހިން ދިރިއުޅޭ ގައުމަށްވުމާއެކު، ދިވެހީންނަށް އަމާޒުކޮށްގެން ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށެވެ. އަދި އަލަށް ތަޢާރަފުކުރި ޚިދުމަތްތަކާއެކު ގިނަ ފަސޭހަތަކެއް ދިވެހީންނަށް ލިބޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، މެލޭޝިއާގައި އަލަށް އުފެއްދި ކިޔަވާ ކުދިންގެ ޖަމްޢިއްޔާއަށް ބޭނުންވާ ކަންތައްތައް ސަރުކާރުން ފަހިކޮށްދެއްވާނެ ކަމަށެވެ. އެގޮތުން ކޮންމެ އަހަރަކު އެ ޖަމްޢިއްޔާއަށް ސަރުކާރުގެ ފަރާތުން 3،000 ޑޮލަރު ޖަމާކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އިތުރުން، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން، މަތީ ތަޢުލީމާބެހޭ ވަޒީރު ޑރ. އަލީ ހައިދަރު އަދި ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ބައިވެރިވެވަޑައިގެންނެވިއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%