އެމްއެންޔޫގައި ރާއްޖޭގެ ފުރަތަމަ މެޑިކޯ-ލީގަލް ކޮންފެރެންސް ފަށައިފި

އަހްމަދު އީޒާން | 4 ގަޑިއިރު ކުރިން - 29 އޭޕްރިލް 2025 11:09
އެމްއެންޔޫން ކުރިއަށް ގެންދާ ރާއްޖޭގެ ފުރަތަމަ މެޑިކޯ-ލީގަލް ކޮންފަރެންސް / ފޮޓޯ: އެމްއެންޔޫ
އެމްއެންޔޫން ކުރިއަށް ގެންދާ ރާއްޖޭގެ ފުރަތަމަ މެޑިކޯ-ލީގަލް ކޮންފަރެންސް / ފޮޓޯ: އެމްއެންޔޫ
ޚުލާސާ

މިއީ އެމްއެންޔޫގެ ސްކޫލް އޮފް މެޑިސިން އިން އިންތިޒާމުކުރާ ކޮންފަރެންސްއެއް.

ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އިން ރާއްޖޭގެ ފުރަތަމަ މެޑިކޯ-ލީގަލް ކޮންފަރެންސް އިއްޔެ ފަށައިފި އެވެ.

ހަޔަ އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެމްއެންޔޫގެ ސްކޫލް އޮފް މެޑިސިންގައި "މޯލްޑިވިސް މެޑިކޯ-ލީގަލް ކޮންފެރެންސް 2025"ގެ ނަމުގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކޮންފެރެންސް ފެށުމުގެ ރަސްމިއްޔާތު އިއްޔެ ބައްވާފައިވާ ކަމަށެވެ.

އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދަރުމަވަންތަ ހޮސްޕިޓަލްގެ ޑެޕިއުޓީ ސީއީއޯ، ޑރ. ޝާހް މާހިރެވެ.

މާދަމާގެ ނިޔަލަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ އެ ކޮންފެރެންސަކީ ފޮރެންސިކް މެޑިސިން އާއި ސައިންސެސް އަށް އައިސްފައިވާ ކުރިއެރުމާއި، ސިއްޙީ ދާއިރާގައި އިހުމާލުން ދިމާވާ މައްސަލަތަކާއި އިހުމާލުން ދިމާވާ މައްސަލަތައް މަދުކުރުމުގެ ގޮތުން ސަމާލުކަން ދޭން ޖެހޭ ކަންކަމުގެ މައްޗަށް އަލިއަޅުވާލައި ބާއްވާ ކޮންފެރެންސެކެވެ.

ސިއްހީ ދާއިރާގައި އިހުމާލުން ދިމާވާ މައްސަލަތަކުގައި ބަލިމީހާއަށް ލިބޭ ގާނޫނީ ހައްގުތަކާއި ގުޅޭ ގޮތުން ވެސް އެ ކޮންފެރެންސްގައި މަޝްވަރާކުރާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނީ މިފަދަ ކޮންފެރެންސްތަކަކީ ސިއްހީ ދާއިރާ ކަހަލަ ރާއްޖޭގެ އެކި ދާއިރާތަކުގެ އިލްމީ ތަޖުރިބާކާރު ބޭފުޅުން އެއްތަންވެ، އެ ބޭފުޅުންގެ މައުލޫމާތާއި ތަޖުރިބާ އާންމުންގެ މެދުގައި ހިއްސާކޮށް، އާންމުން ހޭލުންތެރިކުރުވުމަށް އެޅިގެންދާ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%