އާރްޑީސީ ޗެއާޕާސަންގެ މަގާމުންނާއި އެސްޑީއެފްސީގެ ބޯޑުން ޝާމީ ވަކިކޮށްފި

ހުސައިން އިސްމާއިލް | 7 ގަޑިއިރު ކުރިން - 28 އޭޕްރިލް 2025 10:17
މުހައްމަދު ޝާމީ އާދަމް: އާރްޑީސީ އާއި އެސްޑީއެފްސީގެ މަގާމުން ޝާމީ ވަކިކުރެއްވީ އިއްޔެ.
މުހައްމަދު ޝާމީ އާދަމް: އާރްޑީސީ އާއި އެސްޑީއެފްސީގެ މަގާމުން ޝާމީ ވަކިކުރެއްވީ އިއްޔެ.
ޚުލާސާ

ނޭޝަނަލް ޑިފެންސް ފޯސްގެ އިންސްޓްރަކްޓަރެއްގެ ގޮތުގައި ވެސް ކުރޮން މަސައްކަތް ކުރެއްވި ޝާމީ، އެސްޑީއެފްސީގެ މަގާމުންނާއި އާރްޑީސީގެ މަގާމުން ވަކިކުރެއްވި ސަބަބެއް އަދި ހާމައެއް ނުކުރޭ.

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އާރްޑީސީ) ގެ ޗެއާޕާސަންގެ މަޤާމުންނާއި، އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑްގެ ބޯޑު މެންބަރުކަމުން ވެސް މުޙައްމަދު ޝާމީ އާދަމް އިއްޔެ ވަކިކޮށްފި ކަމަށް ޕަރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން ބުނެފިއެވެ.

ނަމަވެސް، މި މަޤާމުތަކުން ޝާމީ ވަކިކުރި ސަބަބު ޕީސީބީން ހާމަކޮށްފައެއް ނުވެއެވެ.

މުޙައްމަދު ޝާމީ އާދަމަކީ ސަލާމަތާއި ރައްކާތެރިކަން، ސްކޫބާ ޑައިވިންގ، އުޅަނދުފަހަރު ހިންގުމާއި މެނޭޖްކުރުން، މަސްވެރިކަން މެނޭޖްކުރުން، ރިސްކް މެނޭޖްމަންޓް، އިންސާނީ ވަސީލަތްތައް ބެލެހެއްޓުން، ތަމްރީނު ދިނުމާއި ވިޔަފާރި ހިންގުން ފަދަ ދާއިރާތަކުން 30 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިފައިވާ ބޭފުޅެކެވެ.

ޝާމީގެ ކެރިއަރު ފެށުނީ 1991 ވަނަ އަހަރު މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ އިންސްޓްރަކްޓަރެއްގެ ގޮތުގައެވެ. އޭނާ 2005 ވަނަ އަހަރާ ހަމައަށް އެމްއެންޑީއެފް ޓްރެއިނިންގ ކޮމާންޑްގައި މަސައްކަތްކުރައްވާ، ހެޑް އޮފް ޓްރެއިނިންގ ޑިޕާޓްމަންޓްގެ މަޤާމުން ވަކިވެވަޑައިގަތެވެ.

އޭގެފަހުން ޝާމީ ވަނީ އަލިފާނުގެ ރައްކާތެރިކަމާއި ސަލާމަތީ ކަންކަން ބެލެހެއްޓުމުގެ ދާއިރާއަށް ބަދަލުވެ، އެންޓިފަޔާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ޖެނެރަލް މެނޭޖަރުކަން ކުރައްވާފައެވެ. މީގެ އިތުރުން، އެންސިސް ފިޝަރީޒް ޕްރައިވެޓް ލިމިޓެޑް އަދި ކޫއްޑޫ ފިޝަރީޒް މޯލްޑިވްސް ލިމިޓެޑްގެ ޖެނެރަލް މެނޭޖަރުކަމާއި، ހޮލިޑޭ އިން ރިސޯޓް ކަންޑޫމާގެ ރިސްކް އެންޑް މެރިން އޮޕަރޭޝަންސް މެނޭޖަރުގެ މަޤާމު ވެސް އަދާކުރައްވާފައިވެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%