ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ 13 ބިދޭސީއަކު މާލެއިން އިއްޔެ ހިފަހައްޓައިފި އެވެ.
މޯލްޑިވްސް އިމިގްރޭޝަނުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީން ހޯދުމަށް ޓާސްކް ފޯސް އިން މެދުކެނޑުމެއްނެތި ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން، އިއްޔެ މާލޭގެ ޒިކުރާ މިސްކިތާއި ބޮނޑިބަތް ޕާކު ސަރަހައްދުގައި އުޅޭ ބިދޭސީން ބަލައި ފާސްކޮށްފައިވާ ކަމަށެވެ.
އެ ސަރަހައްދުތަކުގައި އުޅުނު 35 ބިދޭސީއަކު ޗެކްކޮށް, އޭގެ ތެރެއިން 13 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ވެސް ބުންޏެވެ.
ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ހުއްޓުވުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީންގެ ތެރެއިން 6,000 އަށް ވުރެ ގިނަ މީހުން މިހާތަނަށް ވަނީ ޑީޕޯޓްކޮށްފަ އެވެ.