މައްކާ ރޫޓް އިނީޝިއޭޓިވްގައި ރާއްޖެ ހިމަނައިދިނުމަށް އެދިއްޖެ

އަހްމަދު އީޒާން | 3 ގަޑިއިރު ކުރިން - 28 އޭޕްރިލް 2025 15:42
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު / ފޮޓޯ: އިސްލާމިކް މިނިސްޓްރީ
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު / ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ޚުލާސާ

މައްކާ ރޫޓް އިނީޝިއޭޓިވްގައި ހިމެނުމުން ދިވެހި ހައްޖުވެރިން ސައުދީގެ ޖިއްދާ އެއާޕޯޓްގައި މަޑުކުރާކަށް ނުޖެހޭނެ.

މައްކާ ރޫޓް އިނީޝިއޭޓިވްގައި ރާއްޖެ ހިމަނައިދިނުމަށް އިސްލާމިކް މިނިސްޓްރީން ސައުދީ އަރަބިއްޔާގެ ހައްޖު މިނިސްޓްރީގައި އެދެފި އެވެ.

މިހާތަނަށް އެ ފުރުސަތު ލިބިފައި ވަނީ އެންމެ ހަތް ގައުމަކަށެވެ. ރާއްޖެއަށް ވެސް މި ފުރުސަތު ލިބޭނެކަމުގެ އުއްމީދު ވަރަށް ބޮޑު ކަމަށް ޝަހީމް ވިދާޅުވި އެވެ.

މައްކާ ރޫޓް އިނިޝިއޭޓިވްގެ ގައުމުތަކަކީ މެލޭޝިޔާ، އިންޑޮނޭޝިއާ، ޕާކިސްތާން، ބަންގްލަދޭޝް، ޓިއުނީޝިއާ، މޮރޮކޯ އަދި އައިވަރީ ކޯސްޓް (ކޯޓް ޑި އައިވަރީ)އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ދައުލަތުގެ މީޑިއާ, ޕީއެސްއެމަށް ވިދާޅުވީ މައްކާ ރޫޓް އިނީޝިއޭޓިވްގައި ރާއްޖެ ހިމަނައިދިނުމަށް ސައުދީ ސަރުކާރުގައި މިހާރު އެދިފައިވާ ކަމަށެވެ.

މައްކާ ރޫޓް އިނީޝިއޭޓިވްގައި ހިމެނުމުން ދިވެހި ހައްޖުވެރިން ސައުދީގެ ޖިއްދާ އެއާޕޯޓްގައި މަޑުކުރާކަށް ނުޖެހޭނެ އެވެ.

ޝަހީމް ވިދާޅުވީ މައްކާ ރޫޓް އިނީޝިއޭޓިވްގައި ބައިވެރިވުމުން ޖިއްދާ އެއާޕޯޓަށް ފައިބާ ގޮތަށް ހޮޓަލަށް ދެވޭނެ ކަމަށެވެ. އަދި ހައްޖުވެރިން އަމިއްލަ ގައުމުން ފުރާނީ ސައުދީ އެއާޕޯޓްގައި ކުރަން ޖެހޭ ކަންކަން ވެސް ކޮށްގެން ކަމަށް އޭނާ ވިދާޅުވި އެވެ.

ހައްޖުވެރިންނަށް ލުއިފަސޭހަ ގޮތްތައް ހޯދައިދިނުމަކީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއް ކަމަށް ވެސް ޝަހީމް ވިދާޅުވި އެވެ.

މައްކާ ރޫޓް އިނީޝިއޭޓިވް އަކީ އަޅުކަމަށް ސައުދީއަށް އެތެރެވާ މީހުންނަށް ލުއިފަސޭހަ ކުރުމުގެ ގޮތުން 2017 ވަނަ އަހަރު އެ ގައުމުގެ މިނިސްޓްރީ އޮފް އިންޓީރިއާ އިން ދޭން ފެށި ހިދުމަތެކެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%